Posts

Showing posts from May, 2021

ނުކުރެއްވި ކަންކަން އެނގޭ، ކުރެއްވީ ކީއްތޯ؟

17 މޭ 20121- ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކު އެބަ ރާވާކަމުގައި މަޖިލީހު މެމްބަރަކު ޑިފެންސް މިނިސްޓަރ މާރިޔާ އަރިހު ދެންނެވުމުން ވެސް، އެ ހަމަލާ ދެވުނުއިރު އެކަމަނާއަށް ނުކުރެއްވުނު ކަންކަން ވަރަށް ސާފެވެ. ރައީސް ނަޝީދުގެ ކާރުކޮޅާއިއެކު ސިގްނަލް ޖޭމަރ ފޮނުއްވަން ހަމަޖައްސަވާފައެއް ނުވެއެވެ. ހަށިފާރަވެރިންގެ ދެމީހަކު ތިބޭއިރު އެމީހުންބަލަހައްޓާ މީހައާ ވަކިމިނަކަށްވުރެ އެހެންމީހަކު ގާތްވިޔަނުދިނުމަށް އަންގަވާފައެއް ނެތްކަމުގައި ބެލެވެއެވެ. އެންމެ މަތީ ސަލާމަތްތެރިކަން ދެއްވާފަކަމުގައި ވިދާޅުވި ބޭފުޅަކު އުޅުއްވާ ގެކޮޅު ކައިރީ، އަރިހުގައިތިއްބެވި ހަށިފާރަވެރިންގެ ދެމީހުން ފިޔަވައި އިންޓެލިޖެންސްގެ ނުވަތަ އެހެން އެކަކު ދެމީހަކު ނުވަތަ ތިން މީހުންވިޔަސް، އެތަނުގައި ޝައްކުވާފަދަ ގޮތަކަށް މީހަކު އުޅޭނަމަ، ހުއްޓުވައި ފާސް ކުރާނެ އިތުރު މީހުންވެސް ފޮނުއްވަވާފަތިބިކަމަށް ބެލެވޭކަށް ނެތެވެ.    އެހެރީ ހައްތާވެސް (ކުރައްވަންޖެހޭ އެހެނަސް) ނުކުރެއްވި ހުރި ކަންކަމެވެ. ރައްޔިތުންގެ ގިނަބަޔަކަށް ޖަވާބު ލިބެންޖެހޭ ސުވާލަކީ، ނަޝީދަށް ހަމަލާދޭން އެބަ ރާވ