Posts

Showing posts from August, 2021

ދިވެހި ވެރިކަމުގެ އާދަތަކުގައި (ނަމުންކިޔާފަ ނެތަސް) އެތަކެއް ގަރުނެއް ކުރީއްސުރެ އަށަގެންފަ ހުރީ ބަރުލަމާނީ ސިފަތައް

  ދިވެހި ވެރިކަމުގެ އާދަތަކުގައި (ނަމުންކިޔާފަ ނެތަސް) އެތަކެއް ގަރުނެއް ކުރީއްސުރެ އަށަގެންފަ ހުރީ ބަރުލަމާނީ ސިފަތައ ް     ނަމުން ކިޔައި އުޅެފަނެތަސް، އެތަކެއް ގަރުނެއް ކުރީއްސުރެ ދިވެހި ވެރިކަމުގެ އާދަތަކުގައި އަށަގެންފަހުރީ ބަރުލަމާނީ ސިފަތައް ކަމުގައި ތާރީޚް ހެކިދެއެވެ. ބަރުލަމާނީއޭ މިދެންނެވީ ރައްޔިތުންގެމަންދޫބުންގެ މަޝްވަރާއައި ރުއްސެވުމާ އިރުޝާދުގެ މައްޗަށް ދައުލަތުގެ އެންމެ މަތީ ވެރިކަން ހިންގެވުމުގެ ސިފަތަކަށެވެ. އެކި އިރާއި ހާލަތާ ހުރެމެ ނަމަވެސް އެތަކެއް ގަރުނެއް ކުރީއްސުރެ މިހާތަނަށްވެސް މިރާއްޖޭގެ އެންމެ މަތީ ވެރިކަމުގެ އާދަކާދަ ތަކުގައި އަށަގަނެފަހުރީ ބަރުލަމާނީ ސިފަތަކެވެ.     އެވޭލާ ޒަމާނުގައި ދައުލަތުގެ އެންމެ މަތީވެރިން ކަމުގައި ވެވަޑައިގެންނެވި ރަސްރަސްކަލުންނާއި ރަނި ރަނިކަނބަލުންވެސް، ވެރިކަން ހިންގަވާފަވަނީ، އޭރަކު ރައްޔިތުންގެ މަގުބޫލުކަން އޮންނަ މަންދޫބުންގެ ގޮތުގައި، އަދި "ވެރިކަމުގެ ބޮޑުން"ގެ ނަމުގައި ދެކެވަޑައިގަންނަވާ މަޖިލިހެއްގެ ލަފައާއި ރުހުން ހޯއްދަވައިގެންނެވެ. ބޮޑުންގެ ބަޔަކު ނުވަތަ އޭގެން ބޮޑަކު ނުރުހިވަޑައިގެން، ގަނޑުވަރު ދޫކުރައްވައި

އަތޮޅު ސަރުކާރުތައް ލާމަރުކަޒީ ކުރުން.. ރާއްޖޭގެ އުފާވެރި ފާގަތި ކުރިމަގު

އަތޮޅު ސަރުކާރުތައް ލާމަރުކަޒީ ކުރުން.. ރާއްޖޭގެ އުފާވެރި ފާގަތި ކުރިމަގު        ރާއްޖޭގެ އަތޮޅުތައް ލާމަރުކަޒީކޮށް ހިނގާން ފެށުމަކީ ރ.ނ އަބަދުމެ ހާމަކުރައްވާ އުންމީދެކެވެ. އެކަން ހިންގާ ގޮތަކީ ޒަމާނީ އަދި ކާމިޔާބުކުންފުންޏެއްގެ ޑިރެކްޓަރުންނާއި މެނެޖިންގް ޑިރެކްޓަރ އެންމެމަތީ މަންފާ ހޯއްދެވުމަށް އަމިއްލަ ރައުސުލްމާލާ ހަރުމުދަލާއި ފާގަތިކަން ހިންގެވުމެކޭ އެއްބީދައިން ހިންގަވާ ކަމެއްކަމުގެ މިސާލު ރ،ނ އަބަދުމެ ބުނެދެއްވައެވެ. ބައިނަލްއަގުވާމީ އެކިއިދާރާ ތަކާ މާލީ އެހެންވެސް އެތަކެއް ހިއްޞާދާރުންނަކާ ވަކިން ގުޅެވި އިގްތިޞާދީގޮތުން އެތައްގުނަ ފައިދާއެއް އެއަތޮޅެއްގެ ރައްޔިތުންނަށް ހޯއްދެވޭނެ އަތޮޅު ސަރުކާރުތަކެއްގެ އުންމީދުގެ ކުޑަކުޑަ ސިއްރުން، ފެތުރި ބޮޑުވެ އުފާވެރިކަމާ ފާގަތިކަން ރ.ނ ދެނެވަޑައިގަންނަވާ ކަމީ، ވެވަޑައިގެންނެވި އެންމެއަވަހަކަށް   އެމަނިކުފާނު އެނބުރިވަޑައިގެންނެވުމަށްޓަކާ ދިވެހިން އުފަލާއެކު އެހާމެ އުންމީދުކުރާ އެއް މައިގަނޑެވެ.        ތިރީގައި މިނަކަލު ކޮށްލަނީ، ދެންވެސް ފެންނަަން ފަށާނެ ނަމޫނާ އަތޮޅު ސަރުކާރުތަކުގެ ތެރެއިން ނިސްބަތުން

ފުރިހަމަ ބާރާއި ކޮންޓްރޯލް އޮތްކަމުގެ ގުނބޯ ނެއްޓެވުމާ ޖަމަލުފޮޑި ކަަޑަ !... ބޭޒާރުވީ ނިކަމެތިކަމާ ބަލިކަށިކަން !

  ފުރިހަމަ ބާރާއި ކޮންޓްރޯލް އޮތްކަމުގެ ގުނބޯ ނެއްޓެވުމާ ޖަމަލުފޮޑި ކަަޑަ!   ... ބޭޒާރުވީ ނިކަމެތިކަމާ ބަލިކަށިކަން!     ތިމަންމަނިކުފާނު މިހުންނެވީ މަޖިލިހުގެ މެޖޯރިޓީ އާއި ބާރުވެރިކަމާއެކުގައޭ ވިދާޅުވެ މީޑިއާތަކުގެ ކުރިމަތީގަ ރައީސްމީހާގުނބޯ ނެއްޓެވީމަ ކަޑައީ އިންތިހާއަށެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞޯލިޙް އެއީ މި ދައުރުގަ އެމްޑީޕީގެ އެންމެ އިސް ލީޑަރެވެ. އެންމެ މެމްބަރުން ގިނަ އެޕާރޓީ އުފެއްދުމަށްޓަކާ ދެވަނައަށް ސޮއިކުރެއްވީވެސް އެމަނިކުފާނެވެ. ރައީސް ނަޝީދުގެ އެންމެ އަރިސް އެއް ރަޙްމަތްތެރިޔާއެވެ. ޕާރޓީގެ ހުރިހާ މެމްބަރުންމެ ފަޚްރުވެރިވާ، އަދި ލޯތްބާ އިޙްތިރާމް އިންތިހާއަށް ލިބިވަޑައިގެން ހުންނެވި އެމްޑީޕީގެ ޗެމްޕިޔަނެކެވެ. މީޑިޔާ ކުރިމައްޗަށް ބަޔަކުމީހުންވެގެން   އެފަދަ ލޮބުވެތި މަނިކުފާނު ނެރުއްވައި އެޒާތުން ގަޅަހެއްދެވުނީމަ.. ހަމަ ދެންނެވޭނީ ބޮޑުވަރުކަމަށެވެ.     ދެތިން މަހެއްގެ ހިމޭންކަމަކަށްފަހު ބާރު އަޑުފައްގަނޑަކާއެކު ބަސްފުޅުން މޮޅު، ކަމުން ދެރަ، ތިފަދަ ލަދުވެތިކަމަކަށް މަނިކުފާނު ހުށަހޮޅިވެ ތިޔަވަޑައިގެންނެވީ ހަމަ މަޖުބޫރުން ކަން ގިނަބަޔަކަށް ގެޓްވެ،

މަރާލުމުގެ ސަބަބުތައް ދީނާއި މަތިކޮށް ނަޒަރު އަނބުރާލަން އުފައްދާފަ ހުރީ ހީލަތްތެރި ބުހުތާން ދޮގު

  މަރާލުމުގެ ސަބަބުތައް ދީނާއި މަތިކޮށް ނަޒަރު އަނބުރާލަން އުފައްދާފަ ހުރީ ހީލަތްތެރި ބުހުތާން ދޮގު ސިޔާސީ ގަދަފަދަކަން ދެއްކުމުގެ ބޭނުމުގައި ލޭއޮހޮރުވުމާއި މީހުން މެރުމުގެ އަނިޔާވެރި އަދި މަކަރުވެރި ޖަރީމާތައް ދިވެހިރާއްޖޭގެ ފަހުގެ ތާރީޚްގައި މުޅިންހެން މަތިކޮށްފައި ހުރީ ދީނާއެވެ. ކުރީގެވެރިޔާގެ ތިރީސްއަހަރުގެ ދައުރުން މިހާތަނަށް ފެނިފަހުރި މަރުތަކަށް ބަލާއިރު، ސިޔާސީ ވާދަވެރިކަން ހަސަދައަށް ބަދަލުވެ، ވާދަވެރިޔަކު މަރާލުމަށްވެސް ފަސްނުޖެހޭނެ ބޮޑެތި މުޖުރިމުން، ފުރަތަމަ ފުރިހަމަކުރަނީ ނަޒަރު އަނބުރާލުމުގެ ޜޭވުންތައްކަން މިހާރު އެނގެއެވެ. ފައިސާ ޚަރަދުކޮށްގެނާ ނުފޫޒުފޯރުވާ މީޑިޔާތަކުގެ އެހީގައި އެކަމަށް ބޭނުންވާ 'އުންސުރުތައް'،އުފައްދަނީއެވެ. އިސްލާމްދީނުގައި ނުވެސް އޮންނަ "ހަރުކަށި ފިކުރު" ކިޔާ ބާވަތެއްގެ ބަޔަކު މިތާވެސް އެބައުޅޭ ކަމަށާ، އެއީ ތަގްވާވެރިކަމުގެ ޢަމަލުތައް   ގޮތުގައިދެކެގެން މީހުންވެސް މަރާފާނެ ބަޔަކުކަމުގެ ނަގްލީ ނާމާން ތަޞައްވުރު އުފައްދަނީއެވެ. އޭގެތެރެއިން ލޭ ހޫނު ދެތިން މުވާތިނަކު ފާހަގަކޮށް ބޭނުންވެގެން އުޅޭ ޝިކާރަ އެމީހުންލައްވާ މަރާލުމުގެ ސަބަބުތ