Posts

Showing posts from June, 2021

ފަނޑިޔާރުންގެ އިޚްތިޔާރުތަކާ އިމްތިޔާޒު ތައް މަހުޖަނުންގެ ޝޭހުން ފޭރުނަ ނުދެއްވާ

Image
ފަނޑިޔާރުންގެ އިޚްތިޔާރުތަކާ އިމްތިޔާޒު ތައް މަހުޖަނުންގެ ޝޭހުން ފޭރުނަ ނުދެއްވާ !        26 ޖޫން 2021 – ދިވެހިރާއްޖެއަށް   އިސްލާމް ދީން ތަޢާރަފް ވި ކަމަށް ބެލެވޭ މީލާދީ އަހަރު ކަމުގައިވާ 1153 ވަނަ އަހަރުން ފެށިގެން 1968 ވަނަ އަހަރާ ހަމައަށްވެސް އިސްލާމް ދީނުގެ އެންމެ މަތީ ވަލީ ދިވެހިރާއްޖޭގައި އޮތީ އުއްތަމަ ފަނޑިޔާރު އަދި ފަނޑިޔާރުންގެ ކިބައިގައެވެ. 1968 ވަަނަ އަހަރު ރައީސް ނާޞިރުގެ ދައުރާއެކު، ރާއްޖެއަށް ބޭންކް ގެ ޚިދްމަތްތަކާ ޓުއަރިޒަމް ފަދަ ވިޔާފާރީގެ ޒަމާނީ ވަޞީލަތްތައް ތަޢާރަފް ކުރެއްވި ދުވަސްވަރު އެޅުއްވި ފިޔަވަޅުތަކެއްގެ ގޮތުގައި ފެނިގެން ދިޔައީ ދީނީ ފަތުވާ ދެއްވުން ފަނޑިޔާރު މަނިކުފާނަށާއި ޢިލްމުވެރިންނަށް އެކި މުއްދަތަށް ބަންދުކުރެވުނު ދުވަސްތަކެކެވެ. ފަނޑިޔާރުންގެ އިޙްތިޞާޞް ތަކަށް ސިޔާސީ ވެރިޔާގެ ނުފޫޒު ފޯރުވަން ފެއްޓުނީ އެހިސާބުންނެވެ. 1978 ވަނަ އަހަރުން ފެށި، 2008 ގެ ގާނޫނު އަސާސީ ފާސްކުރެވުމާ ހަމައަށް އިސްލާމްދީނުގެ, އަދި ކިއެއްތަ ފަނޑިޔާރުކަމުގެވެސް އެންމެ މަތީ ވަލީ އާއި ޙަވާލުވެވަޑައިގެން ހުންނެވީ ގައުމުގެ ސިޔާސީ ވެރިޔާ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމެވ

ކުރުވިމީހަކު ނޭނގޭ މަރާލުންތަކާ، ބޮންގޮއްވާލުމުގެ އާންމު ސަބަބަކީ ނަފްރަތު އުފައްދާ ޝޭޚުން !

ކުރުވިމީހަކު ނޭނގޭ މަރާލުންތަކާ، ބޮންގޮއްވާލުމުގެ އާންމު ސަބަބަކީ ނަފްރަތު އުފައްދާ ޝޭޚުން ރާއްޖޭގައި އޮތް ޚުދުމުޚުތާުރު ވެރިކަން ބަލިކުރެވި ދުރުކުރެވުނު އަހަރު ކަމުގައިވާ 2008 ވަނަ އަހަރުގެ ކުރިން ފަނޑިޔާރަކު ވިޔަސް އަދި ދީނީ ޢިލްމުވެރިއަކުވިޔަސް، މީސް މީހުންގެ ލޭ ހުއްދަކޮށް މީހުން މަރާލާކަށް ދުވަހަކުވެސްް ގޮވާލައްވާފައެއްނުވެއެވެ. ލިޔެވި ނަކަލު ކުރެވި ކުރިއަށް އެނގެން އޮންނަ އަށްސަތޭކަފަސްދޮޅަސް އަހަރަށްވުރެ ދިގު މިރާޢްޖޭގެ އިސްލާމީ ތާރީޚް ގައި ވެސް ކަން އޮތީ އެހެނެވެ. މީހުން މަރާލުމަކީ ދިވެހިރާއްޖޭގައި ނިސްބަތުން ވަރަށް މަދުން ހިންގާފައިވާ ޖަރީމާއެކެވެ. ޒަވާޖީ ކަމެއްގެ ނުރުހުން އޮވެގެން ހިނގި މި ބާވަތުގެ ދެތިން ކަމެއް މެނުވީ ރާއްޖޭގެ ފަހުގެ ތާރީޚްގައި އަމްދުން މީހުން މަރާލާތަނެއް ފެނިފައެއް ނުވެއެވެ. 1988 ނޮވެމްބަރ ތިނެއް ގައި ފުރާނަ ދިޔަ އެތަކެއް ދިވެހިންނާ ހަމައިންނާ، އޭގެ ވިހިއަހަރު ފަހުން އޭރުގެ ވެރިމީހާ ސިޔާސީ ދާއިރާއިން އިންތިޚާބީ ބަލި ގަބޫލުކުރެއްވި 2008 ވަނަ އަހަރުން ފެށިގެން، މީހުން މަރާލާ އުޅުމުގެ ހަނގުރާމަވެރި ނާޖާއިޒު ޚިޔާލުތައް ސިޔާސީ ވެރިންގެ އެބަ ގިނަވޭކަން އެނގެނީ،

ބޮން ގޮއްވާލީ، ބަގާވާތްތެރި ސިފައިންގެ ހީލަތްތެރި މަދު ބަޔަކު ހިމެނޭ، ސިޔާސީ އަޑީ ޕާޓީގެ އަޅާނުލުމާއެކު

10 ޖޫން 2021 - ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އަރިހުގައި ތިބެދާނެ އެތައް ބަޔެއްގެ ފުރާނަދުއްވާލުމުގެ ރޭވުމުގައި 2021   މޭ 6 ވަނަދުވަހު ފުރަމާލޭގެ މެދުގައި ބޮމެއް ގޮއްވާލީ ، ރައީސް ނަޝީދަށް ކުރިމަތިވެވަޑައިގެންފާނެ އެއްވެސް ނުރައްކަލަކާމެދު އަޅާނުލެއްވުމުގެ ރޫހު، އިސް އޮފިސަރުންނާ މަދުބަޔަކު ހިމެނިގެން ހީލަތްތެރިކަމާއެކު ސިފައިންގެ ތެރޭ އަށަގަންނުވާފަ އޮތް، ސިޔާސީ އަޑީ ޕާޓީއިން ފަތުރައްވަވާފަ ވާތީކަން އެއީ މިހާރު ޝައްކެއްނެތް ހަގީގަތެކެވެ. އަޅާނުލެއްވުމުގެ ނަތީޖާ ވެގެންދަނީ އިހުމާލަށެވެ.    ސިފައިންގެ ކުރީގެ ބައެއް ވެރިންގެ ސިޔާސީ ދަހިވެތިކަމުގައި ސިފައިންގެ ތެރެއަށް އެކިބާވަތުގެ ނުފޫޒުތައް ފޯރުވާކަން ހާމަވެގެންދިޔަ އެއް ގަޑުބަޑަކީ 2012 ފެބްރުއަރީ 7 ވަނަ ދުވަހު މާލޭ ގައި ނުކުރާކަމަށް ބުނާ ބަގާވާތެވެ. ސިފައިންގެ އާއި ފުލުހުންގެ އެތައް ޚިދްމަތްތެރީންނެއް ވެރިންނަށް ނުކިޔަމަންތެރިކަން ފާޅުކޮށް، އެކިތަނަށް ފެތުރި، ސިޔާސީ ޕާޓީއެއްގެ (އެމްޑީޕީގެ) އެތައްބަޔަކަށް ވޭންދެނިވި ހާނީއްކަކޮށް ، އެޕާޓީގެ އޮފީހަށާއި ތަކެއްޗަށް އިއާދަނުކުރެވޭފަދަ ގެއްލުންދީ، ޓީވީ މޯލްޑިވް

ޒީރޯ ޓޮލޮރެންސް ؟ ތުކި އަދި މިހާރު ހައްޕު ވީ؟

(މެހެމާނެއްގެ ކޮލަމް) ލިޔުނީ: މަންދޫބީ ނަޒަރު ޒީރޯ ޓޮލޮރެންސްގެ ބަހަވީ މާނައަކީ (ބުނާ ވަކި) ކަމެއް ތަހައްމަލު ކުރުމުގައި ސުން % ކެތްތެރިކަމެވެ . ނުވަތަ ބުނާ ވަކިކަމެއް ތަހައްމަލުކުރާނީ މިންވަރެއްނެތް އަދަދެއްކަމުގައިވާ ސުމަކަށް ކަމަށާ އެހެން ކަމުން އެކަމެއް ތަހައްމަލުކުރުމުގެ އެއްވެސް ކެތްތެރިކަ މެއް ނޯންނާނޭކަމެވެ . ޔައުނީ ޒައްރެއްގެ މިންވަރަށް ވެސް އެބުނާ ކަމެއް ތަހައްމަލުނުކުރާނެ ކަމެވެ.   މީގެ އިޞްތިލާހީމާނައަކީ މިވެނި އެވެނި ބާވަތުގެ ނޭއްގާނީ ކަންކަން ކުރުމަށް، ނުވަތަ ކުރާތަން ބެލުމަށް، ނުވަތަ ކޮށްފާނެ ކަމަށް ކިރިޔާ ހީވިޔަސް އެކަންކަމާމެދު ކެތްތެރިކަމެއް އިސްނުކޮށް، ފަސްޖެހުމެއްނެތި ކުރިމަތިލައި ފިޔަވަޅު އަޅާނޭ ކަމެވެ . މިއީ އަދުގެ ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއް ކަމުގައިވާ، ވައްކަމާއި ކޮރަޕްޝަނާއި އެހެންވެސް މިފަދަ ވިޔާނުދާ ކަންކަން ހުއްޓުވުމުގެ ތަރުތީބު ރަމްޒުކޮށްދޭން ބޭނުންކުރާ ޝިއާރެކެވެ. މިއީ ރައްޔިތުން ވަރަށް އުއްމީދާއެކު ބަލައިގަތްވެސް ޝިއާރެކެވެ . އެހެނީ އޮޑިދޯނިފަހަރާއި ކެފޭ ރެސްޓޯރަންޓަށްވެސް މިނަންދީ ހަދާފައި އެބަހުއްޓެވެ . އެ