Posts

Showing posts from July, 2021

ޚާރިޖީ މިނިވަންކަން ގުޅެނީ އެއިރަކު ހިލުވާލާ މުނާފިގު ޢަމަލުތައް ހާމައަށް ކުރީމަ، އެކަމަކާ ނުރުހޭނެ ފަރުދީ މިނިވަންކަމާވެސްމެ !

 !ޚާރިޖީ މިނިވަންކަން ގުޅެނީ އެއިރަކު ހިލުވާލާ މުނާފިގު ޢަމަލުތައް ހާމައަށް ކުރީމަ، އެކަމަކާ ނުރުހޭނެ ފަރުދީ މިނިވަންކަމާވެސްމެ   241 ކޮމިޓީގެ މޮޅު ރިޕޯރޓް ގައި މުގައްރިރު އެޖެއްސެވީ ކޮޅުފައިން!      ދިވެހި ރާއްޖޭގެ ޚާރިޖީ މިނިވަންކަން ދުނިޔޭގެ ގައުމުތަކަށް ބުނެ އެންގިތާ 56 އަހަރު ފާހަގަކުރާއިރު، އެ މާނަވީ އެންގުން ފުޅާވެގެން ދިއުމާ ގުޅިފައިހުންނަނީ އެކި މަތީމަގާމަށް ވަޑައިގެންނެވޭ ބައެއް ބޭފުޅުން މަގާމުގެ ނުފޫޒު [ދައްކަވާގޮތުގައި ނެތި، ނަމަވެސް] ނަޖާއިޒުގޮތުގައި އެތައް ބަޔެއްގެ މައްޗަށް ހިންގެވުމުގެ ނިޔަތުގައި ކުރައްވާ މުނާފިގު ޢަމަލުތައް ދެނެގަނެ، އެފަދަކަންކަމާ ނުރުހުން ފާޅުކުރާހާ ހޭލުންތެރިކަން މިއަދު ގިނަ ދިވެހިންނަށް ލިބިފައިވުމާއެވެ. މިޒަމާނުގައި މިނިވަން ވާން ޖެހެނީ އިސްތަށިފުޅު ދުޅަކަން ދިމާއަށް ހާމަވިޔަސް ވަރިހަމަ ކުރައްވައިގެން ހިންގަވާލައްވާ އެފަދަ ހީލަތްތެރި ޢަމަލުތަކުގެ ނުފޫޒުންނެވެ.        ދިވެހި ވެރިކަމުގެ މަތީފަންތީގެ ބޭފުޅަކު އެފަދަ މުނާފިގު ޢަމަލެއް ހިންގެވި އެންމެ ފަހުގެ މިސާލުން މިދެންނެވި މައިގަނޑު ސާބިތުވެއެވެ. މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދު އަވަހާރަކޮށް

ޝޭޚް އިމްރާން ނަފްރަތާއި ދުޝްމަނީ ފަޅިން ނުކުމެވަޑައިގަންނަވަން ޖެހޭ !

  ޝޭޚް އިމްރާން ނަފްރަތާއި ދުޝްމަނީ ފަޅިން ނުކުމެވަޑައިގަންނަވަން ޖެހޭ !       12 ޖުލައި 2021 - ތިބާފަދަ އަނެއް ވާދަވެރިޔާ ނުވަތަ ވާދަވެރިންވެގެން އެހެން ސިޔާސީ ވާދަވެރިޔަކުގެ ފުރާނަދުއްވާލުމަށް ބޮމެއް ގޮއްވާލީއެވެ. މަތިވެރި އިރާދަފުޅާއެކު އެ ވާދަވެރިޔާގެ ފުރާނަ ސަލާމަތް ވިޔަތީ، ލޭއޮހޮރެމުން ދިޔަ އެތަކެއް ވޭނީ ޒަޚަމަށް ފަރުވާދެވެން ފެށުނު ތަނާހެން އެ ވާދަވެރިޔާގެ ހާލަތު ދެކެވަޑައިގަންނަވަން ޚުދު ތިބާވެސް ވަޑައިގެންނެވިއެވެ.      އެ ދަނޑިވަޅުގައި ތިބާއަށް އިޚްތިޔާރުކުރެއްވިދާނެ ދެ ގޮތެއް އެބަވޭކަން އެހެންމީހުނަށްވެސް ވިސްނޭނެއެވެ.      އެއްވަނަގޮތަކީ ސިޔާސީ ވާދަވެރިޔާ އެއީ ޖާނީ ދުޝްމަނެއް ނޫންކަމާ އެހެންކަމުން ވާދަވެރިޔާ އަށް ވެސް ހެޔޮ ޞިއްހަތަށް އެދިވަޑައިގަންނަވަން ވާނެ ކަމަށާ، އަދި އެ ވާދަވެރިޔާގެ ފުރާނަ ދުއްވާލުން ކީއްތޯ އެއްވެސްކަހަލަ ކުޑަވެސް ޖިސްމާނީ ގެއްލުމެއް ދެވިގެން ނުވާނެކަމަށާ، ދުޝްމަނީ ގޮތުން ހަމަލާއެއް ދެވިގެން ނުވާނެ ކަމަށާ، އެ ވާދަވެރިޔާގެ އެންމެ އިސްތައްޓަކަށްވެސް ގެއްލުމެއް ދިނުން އެއީ ވަރަށް ނޭދެވޭ އަދި ވަރަށް ބޮޑުވެގެންވާ ޖަރީމާއެއް ކަމުގައި ވިސްނެވުމެވެ.    

ވާދަވެރި ސިޔާސަތު ތަކެއްގެ ބަދަލުގައި ނެރުއްވާ ނަފްރަތުގެ އެކި އަވައިގަ ސިފައިން ދެނެއް ނުޖެހޭނެ

ވާދަވެރި ސިޔާސަތު ތަކެއްގެ ބަދަލުގައި ނެރުއްވާ ނަފްރަތުގެ އެކި އަވައިގަ ސިފައިން ދެނެއް ނުޖެހޭނެ 7 ޖުލައި 2021 – ދިވެހިރާއްޖޭގެ ވެރިކަމަށް ގިނަ ސިޔާސީ ޕާޓީތަކުން ވާދަކުރެވޭނެ ނިޒާމް 2008 ވަނަ އަހަރު ތަޢާރަފް ކުރެވުމާއެކު ފެނިގެން ދިޔައީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓް، މާލޭ ގަލޮޅު ކެނެރީގޭ މުހަންމަދު ނަޝީދު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ކުރީގެ ވެރިން އެބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ތަކަށްް ރުޖޫއުވެވަޑައިގެން ދެން އޮންނާނެ އިންތިޚާބުތައް ކާމިޔާބުކުރެއްވުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވާންވީ މަރުހަލާއެވެ. އެ މަރުހަލާގައި އެކަން ނުކުރެއްވި ކުރީގެ ވެރިކަމަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނަށް އަދިއިހަށް ޖެހިވަޑައިގަތީ އޭރުގެ ޕާޓީ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަށް ލޮޅުން ތަކެއް އައިސް، ޕާޓީ ދެބައިވެ އުވުމަކާ ހަމައިން ޕީޕީއެމް އުފައްދަވައި، ދެން ތިބި ވާދަވެރި ޕާޓީ ތަކާ ކުރީގެ ވެރިޔާ އާއިއެކު ގުޅިވަޑައިގެން ވެރިކަން ވައްޓާލުމުގެ މަސައްކަތް ފައްޓަވާށެވެ.      ޑިމޮކްރެޓިކް އަދި ގިނަ ސިޔާސީ ޕާޓީ ހިމެނޭ ނިޒާމެއްގައި ވާދަކުރަނީ ރައްޔ