އަތޮޅު ސަރުކާރުތައް ލާމަރުކަޒީ ކުރުން.. ރާއްޖޭގެ އުފާވެރި ފާގަތި ކުރިމަގު

އަތޮޅު ސަރުކާރުތައް ލާމަރުކަޒީ ކުރުން.. ރާއްޖޭގެ އުފާވެރި ފާގަތި ކުރިމަގު 

     ރާއްޖޭގެ އަތޮޅުތައް ލާމަރުކަޒީކޮށް ހިނގާން ފެށުމަކީ ރ.ނ އަބަދުމެ ހާމަކުރައްވާ އުންމީދެކެވެ. އެކަން ހިންގާ ގޮތަކީ ޒަމާނީ އަދި ކާމިޔާބުކުންފުންޏެއްގެ ޑިރެކްޓަރުންނާއި މެނެޖިންގް ޑިރެކްޓަރ އެންމެމަތީ މަންފާ ހޯއްދެވުމަށް އަމިއްލަ ރައުސުލްމާލާ ހަރުމުދަލާއި ފާގަތިކަން ހިންގެވުމެކޭ އެއްބީދައިން ހިންގަވާ ކަމެއްކަމުގެ މިސާލު ރ،ނ އަބަދުމެ ބުނެދެއްވައެވެ. ބައިނަލްއަގުވާމީ އެކިއިދާރާ ތަކާ މާލީ އެހެންވެސް އެތަކެއް ހިއްޞާދާރުންނަކާ ވަކިން ގުޅެވި އިގްތިޞާދީގޮތުން އެތައްގުނަ ފައިދާއެއް އެއަތޮޅެއްގެ ރައްޔިތުންނަށް ހޯއްދެވޭނެ އަތޮޅު ސަރުކާރުތަކެއްގެ އުންމީދުގެ ކުޑަކުޑަ ސިއްރުން، ފެތުރި ބޮޑުވެ އުފާވެރިކަމާ ފާގަތިކަން ރ.ނ ދެނެވަޑައިގަންނަވާ ކަމީ، ވެވަޑައިގެންނެވި އެންމެއަވަހަކަށް  އެމަނިކުފާނު އެނބުރިވަޑައިގެންނެވުމަށްޓަކާ ދިވެހިން އުފަލާއެކު އެހާމެ އުންމީދުކުރާ އެއް މައިގަނޑެވެ.

      ތިރީގައި މިނަކަލު ކޮށްލަނީ، ދެންވެސް ފެންނަަން ފަށާނެ ނަމޫނާ އަތޮޅު ސަރުކާރުތަކުގެ ތެރެއިން ނިސްބަތުން ދާދި މިފަހުން ބޭއްވުނު ނޫނު އަތޮޅު ގެ އަތޮޅު އަދި ރަށުކައުންސިލް ތައް ހަރަކާތްކުރާނެ ގޮތުގެ މަސައްކަތުބައްދަލުވުން ނިންމާލުމުގެ ރަސްމިއްޔާތުގައި ރ.ނ ދެއްކެވި އުންމީދީ ވާހަކަފުޅެވެ.

     "(އަތޮޅު އަދި) ރަށުކައުންސިލް ތަކަށް އިންތިޚާބުވެވަޑައިގެން ތިއްބެވިއެންމެހާ ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން، ދައުލަތުގެ ވަޒީރުން، އަދި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން،.. އައްސަލާމް އަލައިކުމް!

     އަތޮޅެއްގެ ހުރިހާ ދަރީން، އެއްފަހަރާ ތެދުވެ، ތިމަންނާއޭ، ތިމަންނާގެ އަތޮޅޭ، ތިމަންނާމެންގެ ރައްޔިތުންނޭ، ތިމަންނާމެންގެ ދިރިއުޅުމޭ، ތިމަންނާމެންގެ އަތަށް، ތިމަންނާމެންގެ ކަންކަން، ތިމަންނާމެން ހަމައިސްކޮޅަށް ތެދުވެ، މި ނެގީއޭ! މިއީ މަގޭ އަތޮޅޭ، މިއީ މިލަދުން މަޑުލޭ، މިތަނުގެ ކަންކަން ހިންގާނީ އަހަރުމެނޭ ބުނާ ބުނުން، އެއަށްވުރެ ވަކި އުފާވެރި ދުވަހެއް، ހަމަގައިމުވެސް އަޅުގަނޑުގެ ޕަބްލިކް ހަޔާތުގައި، އާންމު ހަޔާތުގައި، ...ނުފެނޭ! އަޅުގަނޑު ވަރަށްގިނަ ތަންތަނަށް ގޮސް، ތަގުރީރު ކުރުމުގެ ފުރުޞަތު ލިބޭ! ދުނިޔޭގަ މިހާރު މަދުވެއްޖެ، ގާނޫނު ހަދާ މަޖިލީހެއްމެ، އެތަންތަނަށް ގޮސް އަޅުގަނޑު ވާހަކަނުދައްކާ. [ޑރ ލުތުފީ، އަޅުގަނޑަށް ޔަގީން ކަށަވަރު، ހަމަ އަބަދުމެވެސް ވަޑައިގެންނެވި]،.... އަޅުގަނޑުވެސް މިތަނަށް މިއަންނަނީ .. ހަމަ، އަނެއްހެން ދަންނަވަންޏާ، މަތިންބައިން! އެހެންނަމަވެސް މިއަށްވުރެ އުފާވެރި ތަނެއް، އަޅުގަނޑު ތެދުވެހުރެ ތަގުރީރު ކުރެވޭ ތަންތަނުގެ ތެރެއިން، މިއަށްވުރެ ވަކީން އަޅުގަނޑު އުފާވާ ރެއެއް ނެތް.

     އަޅުގަނޑުމެން މިތިބީ، ކުޑަކުޑަ އޮށެއްގެ ސިއްރުން،  ބޮޑު ބިޔަ ގަހެއް، މިއަދު ހެދޭތީ! އަޅުގަނޑުމެން އެންމެން ކުރި މަސައްކަތެއް މި މަސައްކަތަކީ. މިލަދުން މަޑުލު ހުރިހާ ދަރީންނާވެސް އެކުގައި، ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުން އައި އެކިއެކި މީހުނާއެކު!

     ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ހަލާލު މަސައްކަތުން މަސައްކަތްކޮށްގެން، ތިމަންނާއާ ތިމަންނާގެ އަނބިދަރީން ބަލަހައްޓާނޭ ފަޚުރުވެރި ދިވެހި ރައްޔިތެކޭ ބުނާނޭ ދިވެހި މީހާ ހަމައިސްކޮޅަށް ތެދުވުން.. އެއީ އަޅުގަނޑުމެން އަބަދުވެސް ވަކާލާތުކުރަމުން ގެންދިޔަ ކަންތައް، .. މިރޭ، އަޅުގަނޑަށް މި ފެންނަނީ، އަތޮޅެއްގެ އެހީގާ ތެދުވާތަން!

     ޒުވާން ދަރީންތަކެއް އެކުގައި އަތުގުޅާލާ، އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ލިބި، ތިމަންނާ މި ދަނީ ތިމަންނާގެ ކަންކަން ނިންމަހަރޭ، ތިމަންނާއެއް ދެން ނެތީމުއޭ މާލެއައިސް ވަޒީރު ގޭދޮށުގައި މަޑުކޮށްލައިގެން ހުރެ، ދެން އެލިބުނު މިންވަރު ހިފައިގެން ގޮސް، ރަށުގައި ރައްޔިތުން ގާތުގައި، ވިދާޅުވިޔޭ މިހެންނޭ، ވިދާޅުވިޔޭ އެހެންނޭ، އެވާހަކަ ދައްކާކަށް ތިމަންނާ ނެތީމޭ! ތިމަންނާއަކު ނެތީމޭ ސަރުކާރު ހިއްޞާވާ ކުންފުންޏެއްގެ މެނޭޖިންގް ޑިރެކްޓަރ އަރިހަށް ގޮސްގެން، އޭނާއާއިއެކު ކޮފީއަކަށް އަރާލައިގެން، އޭނަ ހިތްހަމަޖައްސާލައިގެން، ވަޒީރުބޭފުޅަކު ރުއްސާލައިގެން ..ނޭ ތިމަންނާމެންގެ ރަށުގެ ކަންތައް ފުރިހަމަވާނީ.. ނޫން! އެޒަމާން ހިނގައްޖެ!

     މި.. ވާހަކަ.. މިއަދު އަޅުގަނޑުމެނަށް މިދައްކާދެނީ..  ދިވެހިރާއްޖެ ބަދަލު ވީ ތަން! އަޅުގަނޑު ހަނދާން އެބަހުރި، ނޫނު އަތޮޅު މާޅެންދޫގައި ވެސް އަދި މި އަތޮޅު ހުރިހާ ރަށެއްގައިވެސް.. ތެދުވެ ހަތަރުއަނގޮޅި ކަންމަތީގައި ބުނީން.. މިރާއްޖެ މިދަނީ ބަދަލުވުމަށޭ! ޒަމާންތަކެއް ކުރީންސުރެ ފަށައިގެން މިރާއްޖޭގައި ވެރިކަން ކުރި ގޮތާއި، އަދި އެވެރިކަން ކުރި މީހުން، މިދަނީ ބަދަލުވުމަށޭ..

     އަޅުގަނޑު.. އޭގެ.. ބާރަވަރަކަށް އަހަރުފަހުން އައިސް މިހުރީ.، (އާދެ! ދުވަސް ވެއްޖެ، .. ބޮލުން ފަތްވެސް ހިނގައްޖެ.،) އެހެންނަމަވެސް، މިރޭ ހުއްޓި މިހުރީ، އެއްކަލަ، އަނެއް ދިވެހިރާއްޖޭގައި.! ބަދަލުވެފަ އޮތް ދިވެހިރާއްޖޭގައި.! އަޅުގަނޑު އެންމެ އުފާވަނީ އަޅުގަނޑުގެ ހަޔާތުގައި.. ހަގީގަތުގައި އެތަނަށް ދެވޭ ތީވެ! އެތަން އަޅުގަނޑުމެނަށް ފެންނާތީ!

     ބައެއްގެ ހަޔާތުގައި، ބޮޑު.. ބަދަލެއް އައިސް ނިމޭތަން، ގިނަ މީހުނަކަށް ނުފެންނާނެ! އެހެންނަމަވެސް ދިވެހިރާއްޖެ ދަތުރުކުރަނީ ހައި ސްޕީޑްގާ، އެ ސްޕީޑްގާ، އަޅުގަނޑުމެނަށް،.. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިއެދޭ ބަދަލު، .. ހޯދޭނެ!

     އިހަވަންދިއްޕޮޅުން އައިސް ފާދިއްޕޮޅާއި ދެމެދުގައި، އެ އޮތް ތިލަދުންމައްޗާއި، މިލަދުން މަޑުލު، އެއީ.. ދިވެހިރާއްޖޭގެ ގުދުރަތީ އުފެދުން.. އެއީ.. ގުދުރަތީގޮތުން ވެފައި އޮތް ގޮތެއް.. ދެން މިދެންނެވި. ދެކޮޅުގައި ދެމެދުގައި މިއޮތް، ތިލަދުން މައްޗާއި އަދި މަޑުލު،  .. އެތަނުގައި ދިރިއުޅޭ މީހުން، އެތަނުގައި އެއުޅެނީ ކީއްވެތޯ، އެއީ ކޮންތަނަކުން އައިސްތިބިބައެއްތޯ، އަޅުގަނޑުމެން އެންމެން، ދިވެހިރާއްޖޭގެ ގޮތުގައި، އައްޑޫން ކެލައަށް ފެތުރިގެން ގޮސް، ގައުމެއްގެ ގޮތުގައ،ި އެކުވެ، ބިނާވެ، ކިޔާން މިތިބީ ކީއްވެގެންތޯ؟ ކާކު ބުނެގެންތޯ؟..

     ކީއްވެގެންތޯ، އެންމެން އެކުގައި، އައްޑޫން ކެލައަށް، ގައުމެއްގެ ސިފައިގަ މިތިބީ؟ ގައުމިއްޔަތާ ގުޅޭގޮތުން ފެންނަ ފެނުމާ، އަދި އޭގެ ޢިލްމާ.؟  

     ގައުމެއް އުފެދެނީ ވާހަކައަކުން! އެއީ އައްޑޫން ކެލައަށް، އެއްވާހަކައެއް ކީމާ.! މި ގައުމު އުފެދިފަ މިއޮތީ ބުރާރު ވާހަކައިން! ފަހުން އައިސް އަޅުގަނޑުމެންގެ ވާހަކަ އަޑުއެހީ ބުރާރު ވާހަކައިން! އެއީ އެންމެން ކިޔާ ވާހަކަ! އައްޑޫ އިން ކެލައަށް، އަޅުގަނޑުމެން އެންމެން އެކުގައި ކިޔާވާހަކައަކީ، އެއްވާހަކައަކަށް އޮތް ވާހަކައަކީ، އަޅުގަނޑުމެންގެ ސަގާފީ ވާހަކައަކީ، ބުރާރު ވާހަކަ! ދިވެހިރާއްޖޭގެ ވާހަކަ! އެ ރާއްޖެ އުފެދުނު ގޮތާ.. މިތަނަށް މީހުން އައި ގޮތާ،  ދެން އެއް ރަސްކަލަކަށްފަހު އަނެއް ރަސްކަލެއް އަޅުގަނޑުމެންގެ ރަސްކަން ކުރަމުން އައިގޮތާ.. މިނިވަންކަން ގެއްލޭގޮތާ، އަލުން އަނބުރައި ހޯދާގޮތް!

     އަޅުގަނޑުމެން،  މިތަން ބިނާކުރަމުން ދާ މިންވަރާ، ދާ ފަދަ.. ، އެއީ ރާއްޖެ ބިނާކުރުމުގެ ވާހަކަ..

     ތިބޭފުޅުން،.. ފައްޓަވާފާ ތިއޮތީ އަތޮޅެއް ބިނާކުރުމުގެ ވާހަކަ! އެކަން ފުރިހަމަވާނީވެސް، މި ވާހަކަ، ހުރިހާ ރަށެއްގައި،..  ހުރިހާ ރައްޔިތުން ކީމާ.. އެއްވާހަކައެއް ކީމާ.. ގިނަ އަތޮޅުތަކުގެ ވާހަކަ، ޒަމާނުއްސުރެ ފެށިގެން އެއަތޮޅުތަކުގައި ކިޔަމުން ގެންދާނެ! ފަރިއްސެއްގެ ގޮތުގައި، ރައިވަރެއްގެ ގޮތުގައި، ޅެމެއްގެ ގޮތުގައި.. އަދި  މި މިލަދުން މަޑުލުގައިވެސް މިވާހަކަ ބާރަށް ކިޔާނެ!

     އަނެއްކާވެސް އަލުން އަނބުރައި ތިބޭފުޅުން މިރޭ، ތި.. ކިޔުއްވާން ފެއްޓެވީ ހަމަ އެވާހަކަ.. އަޅުގަނޑު ދަންނަވާނީ އެ ވާހަކައިގެ ކާމިޔާބު ތި ބޭފުޅުން ހޯއްދަވާނޭ!

     އަޅުގަނޑު، ހަނދާންވަނީ މާފަރުގައޭ ނުވަތަ ލަންދޫގައޭ، އެއްރެއަކު ދެންނެވީން.. ގެއެއް އަޅާންވެގެން މީހަކު އުޅޭގޮތް! ރިސޯޓަށް ދާނޭ، އަލަތު ކައިވެންޏެއް ކުރާނޭ، ރިސޯރޓްގައި ދުވަސްކޮޅަކު އުޅެލާފައައިސް.. އެއް އޯފް ސީޒަންގައި ފަށާނެ.. އެއް އޯފް ސީޒަނުގައި ބެރި އަޅާލާނޭ ފައުންޑޭޝަންގައި.. ފައުންޑޭޝަން ދުއްވާލާނޭ. ހަތަރުކޮޓަރީގެ ވަރަށް ރީތި ފައުންޑޭޝަނެއް ދުއްވާލާނެ، މަތިން ގޯނިކޮޅެއް އަޅާލާފާ...ބަހައްޓާނީ.. ދެން އެ އޯފްސީޒަނުގައި އުޅެފާ، އަނެއްކާވެސް އަލުން އަނބުރައި އަނެއް އަހަރު ދާނީ ރިސޯރޓަށް! ދެން އަންނަ އަހަރު އައިސް ފަހަރުގައި ކޮޓަރިއެއް އަޅާލެވިދާނެ، ދެންއަންނަ އަހަރު އައިސް ބެރިތައް، އަނެއްއަހަރު ފާރުތައް ރާނާލެވިދާނެ، ދެން އަންނަ ރޯދައަށް ފަހަރުގާ މަތިވަނޑާންގަނޑު ހިޔާ ކޮށްލެވިދާނެ، އަންނަ ރޯދައަށް އިރުމަތީ ބިތުގައި ސިމެންތި ޖަހާލެވިދާނެ، ތިބޭފުޅުން ހަނދާން ހުންނާނެ މި ތަގުރީރު..!    އަޅުގަނޑުމެން ބުނީ ތިޔަހެނެއްް ނޫޅެވޭނޭ.. އެހެނެއް ނޫޅެވޭނެޔޭ! އެއީއެއް ނޫނޭ އަޅުގަނޑުމެނަށް ހައްގު މިންވަރަކީ!

     ބާރައަހަރުފަހުން އަނެއްކާވެސް އަޅުގަނޑު މި އަހާ ވާހަކައަކީ، ކިހިނެތްހޭ ވީ؟

     އަޅުގަނޑުމެން ދެކި މިތިބީ ގިނަޕާރޓީ އެކުލެވޭ ސިޔާސީ ނިޒާމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ، އިންސާނީ ހައްގުތަކާ، އަދި ބާރުތައް ވަކިކުރެވި، ސިޔާސީ ހަރަކާތް ސުލްހަވެރިކަމާއެކީގާ ހިންގާން ފެށީމާ، ގައުމުތައް ދެޔޭ ކުރިއަށް! ޖަންޕު ޖަހަޔޭ! ކިހިނެތްހޭވީ؟ ކޮބައިހޭ އަޅުގަނޑުމެނަށް ދިމާވެގެން މިއުޅޭ މައްސަލައަކީ؟

      (ނޫނު އަތޮޅޫ ކައުންސިލްގެ ރައީސް) ބަޝީރު އެބަ ކިޔައިދެއްވާ، ދެހާހެއްހާ މީހުން މިލަދުންމަޑުލުގައި އެބަތިބި ކަމަށް، ވަންނާނެ ތަނެއް ނެތިފައި..!

     އެތަނަށް އަޅުގަނޑުމެން ވަންނާން ދެން ހަދާނީ ކިހިނެތްތޯ؟ އަޅުގަނޑުމެނަށް މި ވާހަކަ، ނުވަތަ މި މައްސަލަ ނިއުޅެމުން ދިޔަމިންވަރަކަށް، އެބަފެނޭ، ކޮންތަނެއްގަތޯ ހުއްޓުނީ!

     އަޅުގަނޑަށް ފަހުން މިހާރު މާބޮޑަށް، ޔަގީންކުރެވޭ ޔުނިޓަރީ ދައުލަތުގެ ވާހަކައިގައޭ މިތިބީ ތަޅުލެވިފަ!

     ގާނޫނު އަސާސީގައި ޔުނިޓަރީ ދައުލެތެކޭ އަޅާފާ، އަދި، ރައީސް މައުމޫނުގެ ބާރުފުޅުތައް އަމިއްލަފުޅަށް ހިފަހައްޓަވާން ޖެހި، އެބޭފުޅާގެ އާރާއި ބާރުގަ އުފެދިގެން އައި ގާނޫނު އަސާސީއެއް، އަނެއްކާވެސް އުފެދިގެންދިޔައީ، މާ ޝާހީ މާބޮޑު ރަސްކަމެއްގެ ގޮތުގައި!

     އަޅުގަނޑުމެނަށް، ރައްޔިތުންނާ ހަމަޔަށް، ބާރުތައް ގެނެވޭނެ ގޮތަކަށް އަޅުގަނޑުމެންގެ ގާނޫނު ތައް އަތުރާލެވެން ޖެހޭނެ! ދެން، އަޅުގަނޑު ދެކޭގޮތުގައި އެއީ އަޅުގަނޑުމެނަށް ވާނެ ކަމެއް، ތިޔަ ބޭފުޅުން މިހާރު ކުރައްވަމުން ތިޔަގެންދަވަނީ އެކަން!

     ބަޝީރު ތިޔަ ފާހަގަކުރެއްވި އެއްލައްކަ ފަންސަވީސްހާސް އަކަފޫޓްގެ ބިން، ދިގުމުއްދަތަށް ދެވި ނުވަތަ ވިއްކި، ދެންކިހިނެތްތޯ ވާންވީ؟ ހަމަގައިމުވެސް ނުވާނެ އެއްކަމަކީ ބިން ހިފައިގެން ދިއުން! އެއީ އަޅުގަނޑަށް ވިސްނޭ ވިސްނުމުގައި ކުރެވެން އޮތްކަމެއް ނޫން! އެބިން އޮންނާނެ! އޭގެން އިގްތިޞޯދީ މަންފާ މީހުން ނަގާނެ! އެބިން ހޯދަން ޚަރަދުކުރަން ޖެހުނު މިންވަރު ބޮޑުވިވަރަކަށް އަދި ޚަރަދުކުރަން ތައްޔާރަށްހުރި މިންވަރު ބޮޑުވި ވަރަކަށް، އޭގެން ނެރެވޭނެ އިގްތިޞާދީ ފައިދާ ބޮޑުވާނެ! އިގްތިޞާދީ ފައިދާއެއް ނުނެރެވޭނެ މީހުނަށް މުސާރަ ނުދީއެއް! މީހުން އެތަން ތަނުގައި މަސައްކަތް ނުކޮށެއް! ނޫނު އަތޮޅުގެ ދަރީން އެތަންތަނުގައި މަސައްކަތްކުރީމާ އާމްދަނި ލިބޭނީ!

     ބޯހިޔާވަހިކަމުގެ ސިޔާސަތެއް، ތިބޭފުޅުން ތިޔަ ވިސްނަވާ ގޮތަށް، އަތޮޅުގައި ފެއްޓެވީމާ އޭގެ ސަބަބުން، ޝައްކެއްވެސް ނެތް، އިގްތިޞާދީ ކުރިއެރުން ލިބޭނެ! ވަޒީފާގެ ފުރުޞަތު އުފެދޭނެ! ޓުއަރިޒަމްގެ ވިޔަފާރިއަށް ފަހިކުރެވޭނެ! މަސްވެރިކަމުގެ ވިޔަފާރިއަށް މަސައްކަތްތައް ފަހިކުރެވޭނެ! ދަނޑުވެރިކަމަށް ފަހިކުރެވޭނެ! އަދި އެހެންވެސް އުފެއްދުންތެރިކަން...!

     މިއަދު، އަޅުގަނޑުމެން އަބަދުވެސް މި ބުނަނީ..  ދަނޑު ހައްދާ ވާހަކަ! އަޅުގަނޑު މިހާރު ދައްކާ ހިތްވަނީ ދަނޑު ހައްދާ ވާހަކައެއްނޫން... އޭގެން ޖޫސް ހަދާ ވާހަކަ! ފުޅިއަކަށް ލެވޭނެގޮތެއް ހޯދުން! އަޅުގަނޑުމެނަށް އިތުރު ޕުރޮސެސްއެއް ކޮށްގެން، އެ، ގޮވާމާ ތަރުކާރީއާ މޭވާއިން، ނަފާ އާއި ފައިދާ ހޯދޭނެ ގޮތްތައް ހޯދުން! ދަތުރު ފަތުރު ކުރުމުގެ ނިޒާމާ އަދި އަތޮޅެއް ގުޅާލެވޭނެ އެންމެހާ ގޮތްތައް، މިހާރު ތިބޭފުޅުންނަށް ހިތުދަސް! މާފަރިތަ! އެހެންމީހަކު ކިޔައިދޭކަށެއްް ނުޖެހޭ!..

     އަޅުގަނޑު، ތިބޭފުޅުންނަށް، ވަރަށްބޮޑަށް މަރުހަބާ ދަންނަވަން! ފަށްފަށުން ޝުކުރުުވެސް ދަންނަވަން! މިތަނުގައި، ދަމުންވެސް އަޅުގަނޑު ދަންނަވާލަން އޮތީ... ކުޑަކުޑަ އޮށެއްގެ ސިއްރުން، ވަރަށް ބޮޑު ބިޔަ ގަހެއް ފަޅުއްވާނޭ، އޭގެ މާމެލާމެލިން އަޅުގަނޑުމެނަށް އިރާދަކުރެއްވިއްޔާ، ތަނަވަސްކަމާ ފައިދާއާއި އުފާވެރިދިރިއުޅުން ހޯދޭނޭ!

     ވަލްޙަމްދުލިﷲ، ވަރަށްބޮޑަށް ޝުކުރިއްޔާ!  

Comments

Popular posts from this blog

ދިވެހިރާއްޖޭގެ ސިޔާސީ ތަރުތީބު ހަރުދަނާ ބިންގަލެއްގެ މައްޗަށް ނަގައި ހިމުންކޮށްދޭ ކަށަވަރަކީ އެމްޑީޕީގެ ގައުމީ މަޖިލިސް ..... ގާނޫނު އަސާސީ އަށް އިޞްލާޙް ގެންނާންހުރި ކަންކަމަށް ވިސްނާލުމަށް މިވަގުތު މިއީ އެމްޑީޕީ އަށް އޮތް ވަރަށް ފަހި ފުރުޞަތެއް

ލާދީނީ އޭ ގޮވުމަކީ އަޒުހަރީން ހިފި ހީލަތްތެރި ބަދަލެއް، އަދިވެސް އެކަންކުރުވަނީ އެބާހުން

ދިވެހި ވެރިކަމުގެ އާދަތަކުގައި (ނަމުންކިޔާފަ ނެތަސް) އެތަކެއް ގަރުނެއް ކުރީއްސުރެ އަށަގެންފަ ހުރީ ބަރުލަމާނީ ސިފަތައް