އެމްޑީޕީ ބާރަށް ބާރަށް ކުރިއަށް ދާއިރު ގައުމުގެ ހުރިހާ މީޑިއާ ހެންް ބަދަލު ހަގީގަތާ ފޮލާކެއްކެވުމުގައި
އެމްޑީޕީ ބާރަށް ބާރަށް ކުރިއަށް ދާއިރު ގައުމުގެ ހުރިހާ
މީޑިއާ ހެންް ބަދަލު ހަގީގަތާ ފޮލާކެއްކެވުމުގައި
ދިވެހިރާއްޖޭގެ އެންމެ ހިނގާ، ބަލާ ކިޔާ
އަޑުއަހާ މައިގަނޑު ހުރިހާ މީޑިޔާ އަކުން ހެން އާންމު އެއް ސިފައެއްގެ ގޮތުގައި
މިދުވަސްވަރު ފެންނަމުން ދަނީ ފޮލާ ކެއްކެވުމުގައި ހަބޭސް ވެގެން އުޅުއްވާތަނެވެ.
އެކިބާވަތުގެ ބަދަލު ހަގީގަތްތައް ޚަބަރުގޮތުގައި ނެރުއްވައި ތަކުރާރު ކުރައްވައިގެން، އެ މީޑިޔާ
ތަކުގެ އެޑިޓޯރިއަލް ސިޔާސަތުގެ މާލުވެރިން އެބަޔަކުގެ އެޖެންޑާ ހިންގެވުމައި
ގިިނަފަހަރަށް ރޯމަރު ދޮގު ފަތުރައްވަމުން ގެންދަވާ ތަނެވެ.
އާންމު ސިފައޭ މިދެންނެވީ އެހެންވެސް
އާންމުވާ ކަންތައްތަކެއް ހުރިޔަތީއެވެ. މިދެންނެވި ހުރިހާ މީޑިޔާއެއްގެ
އެޑިޓޯރިއަލް ކޮންޓްރޯލް ކުރެއްވުމުގެ ހޭދަތައް ކުރައްވަނީ ރަން ތިރީސް އަހަރު
ތެރެއިންނާ އޭގެފަހުގެ ބަގާވާތާ އާންމު ގުޅުންތައް ހުރި ފަރާތްތަކެވެ.
ބަދަލު ހަގީގަތް ރިޕޯޓް ކުރެވޭ ބައެއް މިސާލު
ދަންނަވާލާނަމެވެ. ދެބައިކުޅަ އެއްބައި ހުޅުވިފަ ހުރި ދޮރުފަތެއްގެ ބަދަލު
ހަގީގަތަކީ އެ ދޮރުފަތްހުރީ ދެބައިކުޅަ އެއްބައި ލެއްޕިފަ ކަމަށް ރިޕޯޓް ކުރުމެވެ.
ދެބައިކުޅައެއްބައި ފުރާ ހުރި ފެންތައްޓަކާ މެދު އެފެންތަށިހުރީ
ދެބައިކުޅައެއްބައި ހުހަށޭ ބުނުމެވެ. ބިދޭސީ ބަޔަކު ތަނެއްގަ ހިޞޯރުކުރެވިގެން
ހަތަރުވަރަކަށް މަސްދުވަހު މަސައްކަތްކުރުވައި މުސާރަނުދީގެން އެމީހުން މުޒާހަރާ
ކުރުމުން ބިދޭސީ ބަޔަކު ދިވެހިންތަކެއް ހިޞޯރު ކޮށްފިޔޭ ބުނުމެވެ. މިހެންގޮސް
އެތައް މިސާލެއް އެހެރީ ދިމާލަށް ފެންނާށެވެ.
މިދުވަސްވަރު ފެންނަމުން އަންނަ އާންމު އެއް
ފޮލާއަކީ އެމްޑީޕީ ދެފަޅި ވެއްޖެ ކަމުގެ ވާހަކައެވެ. ދެފެކްޝަނަކު ވެގެން
އެޕާޓީގައި އެއްބަޔަކު އަނެއްބަޔަކު ރޮލާވީދައި ކަމުން ގެންދާ ވާހަކައެކެވެ. ރައީސް
ޞޯލިހާ ރައީސް ނަޝީދުގެ ދެމެދުގައި އޮންނަ މާބޮޑު ވާދަވެރި ކަމަކާ
ޚިޔާލުތަފާތުވުމެއްގެ ވާހަކައެވެ.
ދެފަރާތެއްގެ ދެ ލަޝްކަރެއްގެ ވާހަކައިން
ފޮލާ ކައްކައިގެން ހޫނުކުރުމުގެ މާނައެއް ނުވަތަ ހަގީގަތެއް ފެންނާނީ އެދެފަރާތުން
ވޯޓް ހޯއްދެވުމުގައި ނުވަތަ ސިޔާސީ އެއް މަގަމަގާމަކަށް ވާދަކުރައްވަން ދުވަހަކުވެސް
ޖެހިިވަޑައިގަންނަވާނެ ނަމަތާއެވެ.
ކުރުކޮށްލާފަ ދަންނަވަމެވެ. ސިޔާސީ މަޝްރަހު
ތަރުތީބުވަމުން އަންނަ ހަގީގަތްތަކަށް ބަލާއިރު އޭގެ ދެބޭފުޅުން އެއްބޭފުޅަކު
އަނެއްބޭފުޅަކާ ސިޔާސީ އެއް މަގާމަކަށް ވާދަކުރައްވަން ދުވަހަކުވެސް ޖެހިވަޑައެއް
ނުގަންނަވާނެއެވެ.
ދަންނަވާފައެވާ ބާވަތުގެ ސިޔާސީ އެޖެންޑާ ހިމެނިގެން ނެރެވޭ ފޮލާ ކެއްކެވުމުގައި އަވަދިނެތި ބައެއް ނޫސްވެރިން އުޅުއްވާއިރު، އެމްޑީޕީ ގެ ޖަމައުވީ އެޖެންޑާ ދަނީ ބާރަށް ބާރަށް ކުރިއަށެވެ. ބަރުލަމާނީ ކެމްޕޭނަށް އެއްލައްކަ ސޮއި ހަމަވެ، އިތުރު އެތަކެއްހާހުން މައްޗަށް މެމްބަރުން ވަނީ އަމާޒު ހިއްޕަވަން ފައްްޓަވާފައެވެ. އެއްކަލަ މާނައެއްނެތް ބަދަލު ހަގީގަތުގެ ފަޅިފަޅިވުން އޮތްތާ އޮއްވާވެސް، ގިނަމީޑިޔާތަކަކުން ރައީސް ޞޯލިހު ރައީސް ނަޝީދު ޅިސްގަންނަވާލައްވައި، ބަނޑުބިންމަތީ ޖައްސަވަތްޕޭ ކިއުއްވައިގެން އުޅުއްވާއިރު، ހަގީގަތަކީ ދެފަޅިއަށް ގުނުއްވި ޚިޔާލީ ދެބައިގަވެސް، 96 ގޮނޑިއަކަށް ބަލާއިރު 53 ގޮނޑިއަކުން ބަރުލަމާނީ ކުރީގައި އޮތްކަމެވެ. މިހާރު އެއަދަދުވެސް އިތުރުވަމުންދާކަމެވެ.
ބަރުލަމާނީ ކެމްޕެއިން އެކަށީގެންވާ
ހަލުވިމިނެއްގައި ކުރިއަރައިދާއިރު، އެމްޑީީޕީގެ މައިގަނޑު އެހެން ސިޔާސަތެއްކަމުގައިވާ
ދިވެހިރާއްޖޭގެ ސަރަހައްދު ތަކާއި ރަށްރަށް ލާމަރުކަޒީ ކޮށް ހިންގުމުގެ، ނުވަތަ
އަތޮޅު ސަރުކާރު ތަކެއް އޮވެގެން، އެބަޔަކުގެ ސަރަހައްދަށް ޚާއްޞަ މަންފާތައް
އެސަރަހައްދުގެ ރައްޔިތުންނާ ހިއްޞާ ކުރެވިގެން އަދި ރައްޔިތުންގެ މަންދޫބުން
އެކަންކަން ގާނޫނުތަކުން ފަހިކޮށްދެއްވައިގެން ހިންގާ ނިޒާމު ނުވަތަ ފެޑެރަލް
ބަރުލަމާނީ ނިޒާމުގެ ކުރިއެރުންތަކާ މަންފާތައް އެމްޑީީޕީ ކައުންސިލަރުންގެ
އަޣުލަބިއްޔަތު އޮންނަ ކައުންސިލްތަކުން އެގެންދަވަނީ ހާޞިލްކުރައްވަމުން ނަމޫނާ
ދައްކަަވަމުންނެވެ. ނޫނު އަތޮޅާ، ފުވައްމުލައް ސިޓީއާ ބޮޑު ތިލަދުންމަތި ފަދަ
ތަންތަނުން މިނިވަންކަމާއެކު އަމިއްލަ އަތޮޅާއި ރަށްރަށުގައި ބިންބޭނުންކުރުމުގެ
ފަރުމާ ތައް އެކުލަވާލުމާ، ރާއްޖޭންބޭރުގެ ތަފާތު އިދާރާތަކާ ގުޅުންތައް
އުފައްދައި އަތޮޅަށް ސީދާ އާމްދަނީ ވެއްދޭނެ ބައިނަލްއަގުވާމީ މާސްޓަރކާޑް ސިޓީ
އެނޭބަލް ފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ ކުރިއަރައިދާންފަށާފައެވެ. ބާރަށް
ބާރަށް ކުރިއަށެވެ.
މި ހުރިހާ ނޫސްވެރިންހެން އެމްޑީޕީ އާއި
އިދިކޮޅު ބަދަލު ހަގީގަތްތައް ނެރުއްވުމުގެ ނާރެހަކީ މައުމޫނީ ވެރިކަން
ނިންމާލިޔަތީ އެކަމުގެ ނަފްރަތެވެ. ހަބޭހުގައި އެއުޅުއްވަނީ އެކަންނިމޭކޮޅުގެ ފަހުތަޅާލުންގަނޑެވެ.
އާންމު ކުރައްވަމުން ގެންދަވާ ފޮލާތަކަކީ، (މައުމޫނީ ވެރިކަން އަނިޔާއާއި ޚާންދާނީ
ތައައްޞުބުން ކަޅިވާން ފެށުމުން) އެވެރިކަން ނިންމާލުމުގަ އުޅުނު ބައިގަނޑަކީ
މާވަރުގަދަ ލާދީނީ ބައެއްކަމުގައި އެކި މަކަރުވެރިގޮތްގޮތުން ދޭހަކޮށްދެއްވަން މަސައްކަތްކުރެއްވުމާ، މިހާރުގެ މަޖިލީހުގައި އެޕާޓީގެ އަޣުލަބިއްޔަތު އޮންނާތީ
މެމްބަރުންގެ އަގުވައްޓާލެއްވުން ފަދަ އެބާހުންގެ އެޑިޓޯރިއަލް އެޖެންޑާއަށް
ހޭދަކުރައްވާ ފަރާތްތަކުގެ ނުފޫޒް ހިންގެވުމެވެ. އެހެން އުޅުއްވަމުންގޮސް ތިންހަތަރު
މީޑިޔާ އަކުން އެއްފަހަރާ އެއް ޚަބަރެއް، އަކުރުން އަކުރަށް ފިލިން ފިއްޔަށް
ގެންނަވާފަ، މިވީއެއްޗެއް އެމްޑީޕީ މެމްބަރުންނަށް އޮޅުވާލެއްވިދާނެކަމުގެ
ކިބުރުވެރި ހީކުރެއްވުގައިވެސް އެބަ ހަބޭސް ވެލައްވައެވެ.
ދެން މިހާރު މާ އަޑުގަދަކޮށް ކައްކަވާ
ފޮލާއަކީ އެމްޑީޕީ ގެ ވަޒީރެއްގެ އިހުމާލުގެ ވާހަކައެކެވެ. މާ ނުގޮތަކަށް
ދޭހަކުރައްވާ އެއްޗަކީ އަނެއްކާ އަނެއް އިހުމާލޯޔައެވެ. ފުރަތަމަ އިހުމާލޭ އެ
ދޭހަކުރައްވަނީ ރ.ނ އާއި އެތައްބަޔަކުގެ ފުރާނައަށް ނުރައްކާކުރެވުނު ކަމެވެ.
އަނެއް އިހުމާލޭ އެކިޔުއްވަނީ އުއްތަމަފަނޑިޔާރު މަނިކުފާނު އުޅުއްވާ ގެކޮޅުގެ
ސަލާމަތްތެރިކަން ފޫއެޅުމެވެ. އަމާޒުކުރައްވަނީ އެއްބޭފުޅަކަށެވެ.
ރަންތިރީހާ ބަގާވާތުގެ ރަހައިގަ ނެރުއްވާ
ބަދަލު ހަގީގަތްތަކާ ޚިޔާލީ ފޮލައިން އެއްކަމެއް އެނގެއެވެ. އެއީ މިހުރިހާ ދޮގަކާ،
އެމްޑީޕީ ފަޅިވެއްޖެއޭ ކިޔުން ކަހަލަ ނުސިޔާނު ވާހަކަތަކުގެ މުގޫވެސް ގުޅެނީ
ކޮއެލިޝަނުގެ ވާދަވެރި ޕާޓީތަކުގެ ނުފޫޒާކަމެވެ. އެވިދާޅުވާ ވަޒީރުގެ އިހުމާލު
އެއީ އެކަމަނާ އިސްވެރިޔާކަމުން އޮންނަ މަޞްއޫލިއްޔަތުގެ ވާހަކައެވެ. އަޞްލު
އެފަދަ އިހުމާލާއި އަޅާނުލުންވެސް ކުރިމަތިކުރައްވަނީ ހީލަތްތެރިކަމާއެކު
ސަލާމަތްތެރިކަން ހޯއްދަވައިގެން އެތާތިއްބަވާ ހަމަ އެއްކަލަ ބާގީންނާއި
ރަންތިރީހުގެ އައުވާނުންގެ ނުފޫޒުންނެވެ. ބަގާވާތެއް ކުރެއްވިދާނެ ދަނޑިވަޅެއް މަތިނުކުރެއްވިގެން
ކެތްނުކުރެއްވިގެން އުޅުއްވާ ހީލަތްތެރިންގެ ނުފޫޒުންނެވެ.
ބަރުލަމާނީ ޕެޓިޝަން ދަނީ ކުރިއަށެވެ. ބާރަށް
ބާރަށް ކުރިއަށް ގޮސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓް 2022 ވަނަ އަހަރު
އިރާދަފުޅާއެކު އޮންނާނެއެވެ. އެހާހިސާބުން ބޭނުންތެރި ގާނޫނީ ބަދަލުތައް
ގެނެވޭނެއެވެ. 2023 ވަނަ އަހަރު ރިޔާސީ ޕްރައިމަރީ ތަކާ ރިޔާސީ އިންތިޚާބު އޮންނާނެއެވެ.
ބޮޑުވަޒީރުކަމުގެ ޓިކެޓަށް ރައީސް ނަޝީދު ރައީސް ޞޯލިހަކާއި ވާދަކުރައްވާކަށް
ޖެހިވަޑައެއް ނުގަންނަވަނެއެވެ. މިހާރުވެސް އެމަނިކުފާނު އެއީ މަޖިލީހުގެ
މެމްބަރެއްވެސްމެއެވެ. އެމަނިކުފާނު ކުރިމަތިލައްވާނީ އެހެންވެސް މަޖިލީހުގެ
ގޮޑިއަކާ ވަކިދާއިރާއަކުން ވާދަކުރައްވާނެ އެހެން ކެންޑިޑޭޓުންނާއެވެ. ރައްޔިތުންގެ
މަޖިލީހުގެ އިންތިޚާބު ދެންއޮންނާނީ 2024 ގައެވެ.
ރައީސް ކަމުގެ ޓިކެޓަށް ރައީސް ޞޯލިޙް ރައިސް
ނަޝީދަކާ ވާދަކުރައްވާކަށް ޖެހިވަޑައެއް ނުގަންނަވާނެއެވެ. އެމަނިކުފާނު
ވާދަކުރައްވާނީ ރައީސް ކަމަށް ދެންވެސް ކުރިމަތިލައްވަފާނެ، ފަހަރުގައި ރައީސް މައުމޫނު
ނުވަތަ އެމަނިކުފާނުގެ ބޭފުޅަކު ނުވަތަ އޮނަރަބްލް ގާސިމް ނުވަތަ އޮނަބްލް
ނާޒިމާއެވެ. އިސް ލީޑަރު އަދި ދެންތިއްބެވި އެމްޑީޕީ ވަޒީރުންވެސް ދެމިތިއްބަވާނީ އެބޭފުޅުންގެ ޕާޓީ ގެ އެޖެންޑާ ތަކަށް ކާމިޔާބީ ހޯއްދަވައިދެއްވުމުގައެވެ.
އެމްޑީޕީ މެމްބަރުންގެ ހިތުން އިންޞާފް
ބޭނުންވުމާ އަނިޔާވެރިކަމާ ދެކޮޅުވުން އަދި ވައްކަންތައް ކިތައްމެ ފޮލާއަކާ
ދޮގަކުންވެސް ނުފިލާނެއެވެ. ފެޑެރަލް ބަރުލަމާނީ ނިޒާމާއި ރައްޔިތުންގެ ޖީބަށް
ވަންނަ މިންވަރު އެތައްގުނަވެގެންދިއުމާ ފާގަތި ކަމާ އުޖާލާކަން މިއޮތީ
ދާދިކައިރީގައެވެ. ނޫސްވެރިންގެ ވަކި ބަޔަކު ކޮންމެފަދަ ބަދަލުހަގީގަތާ ދޮގާ
މަކަރު ފެތުރެއްވިއަސް، ދަންނަވާފައެވާ ތާވަލާއި އެއްގޮތަށް އެމްޑީޕީ އެދަނީ މަތިވެރި
އަމުރުފުޅާ އިރާދަފުޅާއެކު، ބާރަށް ބާރަށް ކުރިއަށެވެ. //
varah salhi
ReplyDelete