Posts

ލާދީނީ އޭ ގޮވުމަކީ އަޒުހަރީން ހިފި ހީލަތްތެރި ބަދަލެއް، އަދިވެސް އެކަންކުރުވަނީ އެބާހުން

ސިޔާސީ ވާދަވެރިންނާ ދިމާލަށް ލާދީނީ ކިޔުމުގެ އާދަ ދިވެހި މުޖުތަމައުގަ އަށަގެންނުވީ، އޭރުގެވެރީން އެބާހުނަށް ގިނިކަންޏާ ، ވަކީން އޮތް ސިޔާސީ ބާރު ނެތިދާފަދަ ނިޒާމެއް ، ރާއްޖެއަށް އަޔަނުދީ ދެން ނުހިފެއްޓެވޭނެ ކަން އެނގިވަޑައިގެންނެވުމުންނެވެ. އެކަމާ އިސްކުރެއްވި ކޯފާގައި އެކަމުގައި ޝާމިލްވާ ދިވެހިންގެ މައްޗަށް އަޒުހަރީންގެ ބޭފުޅުންކޮޅެއް ހިއްޕެވި "ރިވެންޖް" ނުވަތަ ބަދަލެއްގެ ގޮތުގައެވެ. ދީނީ މުއްލާއިން ލައްވާ އެކަން ކުރެއްވުމުގައި އަދިވެސް ދެމިތިއްބެވީ އެބޭފުޅުންނެވެ. ޚާއްޞަކޮށް އޭރުގެ ވެރިޔާ އާއި އަދި ބައިއަތުހިއްޕެވި ވިޔަފާރިވެރި ސިޔާސީއެކެވެ. ސާބިތު ހެއްކަކީ ރައީސް ޔާމީނުގެ ދައުރުގަ އޮރިޔާން ޗަރުކޭސް ބައްލަވަން އާންމުންތެރޭ ވެރިމީހާ އިންނެވުމާ ، އިސްލާމް ދީނާ ހަވާލާ ދެއްވައި އެކި ހަމަނުޖެހޭ އެއްޗެހި އާންމުތަންތާ ވިދާޅުވަމުން ގެންދެވިއިރުވެސް،   އޭގެން އެއްވެސް މުއްލާއަކު ޗުއްޕުވެސް ވިދާޅުނުވާ ކަމެވެ.       1978 ވަނައަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށްވެސް ދިވެހިރާއްޖޭގެ ސިޔާސީ ވެރިކަމުގައި އިސްކޮށް ތިއްބެވީ މިޞުރުގެ އަލްއަޒުހަރު ޔުނިވަރސިޓީ އ...

ޤާނޫނު އަސާސީގެ 115 ވަނަ މާއްދާ ގެ ބޭނުން ހިއްޕަވައި މިނިވަން ތަޙްޤީޤީ ކޮމެޓީއެއް ރ.ޖ އުފެއްދެވުން މުހިންމު

      (ވަޠަނީ ޚިޔާލު) ދުނިޔޭގެ އެއްވެސް ގައުމެއްގައި ފުރިހަމައަށް ހިނގާ އެއްވެސް މުއައްސާސާއެއް ނުހުރެއެވެ. ކޮންމެ މުއައްސަސާއަކީވެސް އަބަދުވެސް އިސްލާހީ ބަދަލު ގެންނަން ޖެހިފައިވާ ތަންތަނެވެ. ގިނަ ފަހަރު އެފަދަ ބަދަލުތައް އަންނަނީ ދިމާވާ، ނުރައްކާތެރި، ބިރުވެރި ނުވަތަ ހިތާމަވެރި ހާދިސާ ތަކާ ގުޅިގެންނެވ ެ. ދިވެހިރާއްޖޭގައި ވެސް ކަން އޮތީ މި ގޮތަށެވެ. 2021 މ ޭ މަހުގެ 06 ވަނަ ދުވަހުގެރޭ ރައީސް މުހައްމަދު ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާއަކީ ހަމަ މިދެންނެވި ބާވަތުގެ ހާދިސާއެކެވެ. އެމަނިކުފާނުގެ ސަލާމަތީ ކަންތައް ބެލެހެއްޓުގެ ޤާނޫނީ ޒިންމާ މަތިކޮށްފައިވަނީ ދިވެހި ސިފައިންނާ ކަމަށް ވީ ހިނދު، އެއީ ދިވެހިރާއްޖޭގެ އާ ރ މީ އެވެ. ނުވަތަ އަޅުގަނޑުމެންގެ މުލައްދަނޑިއެވެ. އެންމެ ކުޑަކުއްޖާއަށް ވެސް އެނގޭ ހަޤީޤަތަކީ ރައީސް ނަޝީދަށް އެވަރުގެ ހަމަލާއެއް ދިން ބަޔަކ ަށް، އެމަނިކުފާނު އަވަހާރަކޮށްނުލެވު ނެއްކަމަކު ، އެކަމުގައި ކާމިޔާބު އެވީ ކޮންމެވެސް ބަޔަކ ު ފެއިލް ވެގެންކަމެވ ެ. ދެން އަވަސްވެގަންނަންވީ ގަޢުމުގެ އާރމީ އާމެދު އިތުބާރު ދެމެހެއްޓުމަށްޓަކާ ކަންކަން ފޮރުވުމަ...

ނުކުރެއްވި ކަންކަން އެނގޭ، ކުރެއްވީ ކީއްތޯ؟

17 މޭ 20121- ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކު އެބަ ރާވާކަމުގައި މަޖިލީހު މެމްބަރަކު ޑިފެންސް މިނިސްޓަރ މާރިޔާ އަރިހު ދެންނެވުމުން ވެސް، އެ ހަމަލާ ދެވުނުއިރު އެކަމަނާއަށް ނުކުރެއްވުނު ކަންކަން ވަރަށް ސާފެވެ. ރައީސް ނަޝީދުގެ ކާރުކޮޅާއިއެކު ސިގްނަލް ޖޭމަރ ފޮނުއްވަން ހަމަޖައްސަވާފައެއް ނުވެއެވެ. ހަށިފާރަވެރިންގެ ދެމީހަކު ތިބޭއިރު އެމީހުންބަލަހައްޓާ މީހައާ ވަކިމިނަކަށްވުރެ އެހެންމީހަކު ގާތްވިޔަނުދިނުމަށް އަންގަވާފައެއް ނެތްކަމުގައި ބެލެވެއެވެ. އެންމެ މަތީ ސަލާމަތްތެރިކަން ދެއްވާފަކަމުގައި ވިދާޅުވި ބޭފުޅަކު އުޅުއްވާ ގެކޮޅު ކައިރީ، އަރިހުގައިތިއްބެވި ހަށިފާރަވެރިންގެ ދެމީހުން ފިޔަވައި އިންޓެލިޖެންސްގެ ނުވަތަ އެހެން އެކަކު ދެމީހަކު ނުވަތަ ތިން މީހުންވިޔަސް، އެތަނުގައި ޝައްކުވާފަދަ ގޮތަކަށް މީހަކު އުޅޭނަމަ، ހުއްޓުވައި ފާސް ކުރާނެ އިތުރު މީހުންވެސް ފޮނުއްވަވާފަތިބިކަމަށް ބެލެވޭކަށް ނެތެވެ.    އެހެރީ ހައްތާވެސް (ކުރައްވަންޖެހޭ އެހެނަސް) ނުކުރެއްވި ހުރި ކަންކަމެވެ. ރައްޔިތުންގެ ގިނަބަޔަކަށް ޖަވާބު ލިބެންޖެހޭ ސުވާލަކީ، ނަޝީދަށް ހަމަލާދޭން...