ކުރުވިމީހަކު ނޭނގޭ މަރާލުންތަކާ، ބޮންގޮއްވާލުމުގެ އާންމު ސަބަބަކީ ނަފްރަތު އުފައްދާ ޝޭޚުން !
ކުރުވިމީހަކު ނޭނގޭ
މަރާލުންތަކާ، ބޮންގޮއްވާލުމުގެ އާންމު ސަބަބަކީ ނަފްރަތު އުފައްދާ ޝޭޚުން
ރާއްޖޭގައި އޮތް
ޚުދުމުޚުތާުރު ވެރިކަން ބަލިކުރެވި ދުރުކުރެވުނު އަހަރު ކަމުގައިވާ 2008 ވަނަ
އަހަރުގެ ކުރިން ފަނޑިޔާރަކު ވިޔަސް އަދި ދީނީ ޢިލްމުވެރިއަކުވިޔަސް، މީސް މީހުންގެ
ލޭ ހުއްދަކޮށް މީހުން މަރާލާކަށް ދުވަހަކުވެސްް ގޮވާލައްވާފައެއްނުވެއެވެ. ލިޔެވި
ނަކަލު ކުރެވި ކުރިއަށް އެނގެން އޮންނަ އަށްސަތޭކަފަސްދޮޅަސް އަހަރަށްވުރެ ދިގު
މިރާޢްޖޭގެ އިސްލާމީ ތާރީޚް ގައި ވެސް ކަން އޮތީ އެހެނެވެ. މީހުން މަރާލުމަކީ
ދިވެހިރާއްޖޭގައި ނިސްބަތުން ވަރަށް މަދުން ހިންގާފައިވާ ޖަރީމާއެކެވެ. ޒަވާޖީ
ކަމެއްގެ ނުރުހުން އޮވެގެން ހިނގި މި ބާވަތުގެ ދެތިން ކަމެއް މެނުވީ ރާއްޖޭގެ
ފަހުގެ ތާރީޚްގައި އަމްދުން މީހުން މަރާލާތަނެއް ފެނިފައެއް ނުވެއެވެ. 1988 ނޮވެމްބަރ
ތިނެއް ގައި ފުރާނަ ދިޔަ އެތަކެއް ދިވެހިންނާ ހަމައިންނާ، އޭގެ ވިހިއަހަރު ފަހުން އޭރުގެ
ވެރިމީހާ ސިޔާސީ ދާއިރާއިން އިންތިޚާބީ ބަލި ގަބޫލުކުރެއްވި 2008 ވަނަ އަހަރުން
ފެށިގެން، މީހުން މަރާލާ އުޅުމުގެ ހަނގުރާމަވެރި ނާޖާއިޒު ޚިޔާލުތައް ސިޔާސީ
ވެރިންގެ އެބަ ގިނަވޭކަން އެނގެނީ، އޭރުއްސުރެ މަރާލުންތައް ގިނަވާން ފެށިއަތީއެވެ.
2008 ގެ ފަހުން ދިވެހި ވެރިކަން ހޯދުމަށް ދެން ވާދަކުރަން ޖެހޭނީ އެމްޑީޕީ އާއި
ކަމުންނާއި، އަދި ވޯޓުން އެޕާޓީ ބަލިކޮށްލުން އެއީ ދަތި އުނދަގޫ ކަމެއްގެ ގޮތުގައި
ދެކޭން ފެށި ވާދަވެރީން، ހަނގުރާމަވެރިވުމުގެ ނިޔަތުގައި އެވެރިންގެ ދީލަތި އެހީ
ތައް ދެން އަމާޒު ކުރައްވާން ފެއްޓެވީ އެކިޔާ ދީނީ ޢިލްމް ވެރީންނަށެވެ. ދީލަތި
އެހީތަކުގެ ބާރުގައި ލާދީނީ ޓެގު އެޅުވުމަށާއި، މީހުން ކާފަރުކޮށް އަރަހުށި ﷲ ގެ
ނަންފުޅުގައި މީސް މީހުންގެ ލޭ ހުއްދަކުރުވާން ފައްޓުވައި، ހިންގެވުމުގެ
ނަތީޖާއަކީ، ޖެހިލުމެއް ނެތި މީހުން މަރާލާނެ 1300 އެއްހާ ދިވެހިން މިހާރު އެބައުޅޭ
ކަމުގައި ފުލުހުން ރަސްމީ ކޮށް ބުނެ ފާހަގަކުރުމެވެ. ޝައިޚް އަފްރާޝީމު ޢަލީ،
އަހްމަދު ރިލްވާނު، ޔާމީނު ރަޝީދު މަރާލުން އަދި އޭގެ ފަހުން ރނ އާއި އިތުރު
ބަޔަކުގެ ފުރާނަ ހިނގައިދާނެފަދަ ބޮން ގޮއްވާލުމުގެވެސް އާންމު އެއް ސަބަބަކީ
ނަފްރަތު އުފައްދާ މުއްލާއިންނާ ޝޭޚުންކަމުގައި މިވަނީ ވެފައެވެ. މީހުން މަރާފާނެ
1300 މީހުން އެބައުޅެޔޭ ފުލުހުންބުނާއިރު ނަފްރަތު އުފައްދާ ޝޭޚުންގެ 101
ތަކްފީރީން ވެގެން ސަރުކާރަށް ބާރުވެރިކަން އެ ދައްކަވަނީ އެމީސްމީހުން ލައްވާ
އިތުރު ލޭ އޮހޮރުވުންތައް ހިންގުވާން ކަމުގައި ނޫނީ ބެލެވޭނެ ތަނެއް ނެތެވެ.
ބޮން ގޮއްވާލުމުގެ
މައިގަނޑުތައް
ރައީސް ނަޝީދު އަދި
އަރިހުގައި ތިބެދާނެ ބަޔަކުގެ ފުރާނަދުއްވާލުމަށް ފުރަމާލޭގެ މެދުގައި ބޮމެއް
ގޮއްވާލި ހިސާބުން އޭގެ ކުރިއަށް ކަންކަން ތަރުތީބު ވެފަ ހުންނާނެ މައިގަނޑު
ތަކަށް ބަލައިލުމުން، ތަހުގީގާ މެދު ޝަވްގުވެރިކަން ހިންގަން އެހީތެރިވެދޭނެއެވެ.
ވަގުތު/ ދުވަސް |
މީހާ / މީހުން |
ކަން |
ތަރުތީބު |
2036، 2021 މޭ 6 |
ރނ އާއި އެހެން ދެތިން މީހަކު |
ބޮން ގޮއްވާލުމާ ޒަޚަމް ތައް |
16
|
2036، 2021 މޭ 6 |
ރިމޯޓަށް އޮބާލި މީހާ، ހަރުކަށި ފިކުރުގެ މީހެއް (އަޙްމަދު އަދުހަމް) |
ރިމޯޓަށް އޮބާލުން |
15 |
1500، 2021 މޭ 6 (އަންދާޒާ) |
ރިމޯޓަށް އޮބި މީހާ ނޫން އެހެން މީހަކު (ދަރަވަންދޫ އިން ހައްޔަރުކުރި އަޙްމަދު
ފާތިޙް) |
ސައިކަލް ޕާކް ކުރުން |
14 |
1500، 2021 މޭ 6 (އަންދާޒާ) |
ބޮން ހެދި މީހާ |
ސައިކަލްގަ ބޮން ހަރުކުރުން |
13 |
2021
މޭ 6 (އަންދާޒާ) |
ސައިކަލް ގެ ވެރި މީހާ (ތަޙުމީނު އަޙްމަދު) |
ޖަރީމާގަ ގޮއްވާލަން ސައިކަލް ދިނުން |
12 |
2036
2021 މޭ 1 (އަންދާޒާ) |
އަދުހަމް އާއި ތަހުމީނު އެކުގައި ލޯންޗެއްގައި ތިއްބާ ހުއްޓުވުނު |
މުޖުރިމުން އެކުގަ އުޅުން |
11 |
އެޕްރިލް 30 (އަންދާޒާ) |
ބޮން ހެދި މީހާ (ނޭނގޭ) |
ބޮން ހަދާނެ ސާމާނު ހޯދައި ބޮން ހެދުން |
10 |
|
މެމްބަރު އިލްޔާސް ލަބީބް |
3 މިލިޔަން ޚަރަދުކޮށްގެން ބަޔަކު ރ.ނ އަށް ހަމަލާދޭން އުޅޭކަމުގެ ވާހަކަ
ޑިފެންސް މިނިސްޓަރަށް ދެންނެވުން |
9 |
އެޕްރިލް 2021 ފަހުކޮޅު (ކޮރަޕްޝަން އަދި މަރުތަކުގެ ވާހަކަ ރ.ނ ފެއްޓެވުން) |
ހަރުކަށި ފިކުރުގެ ޝޭޚުންނަށާއި ދިވެހިންނަށް ޚަރަދުކުރާ ސިޔާސީ މީހަކު /
ބަޔަކު |
ބޮމެއް ގޮއްވާލައިގެން ރައީސް ނަޝީދު އަދި އެހެން ދެތިން މީހަކުގެ ފުރާނަ
ދުއްވާލުމަށް ގަޞްދުކޮށް އެކަން ހިންގަން ރާވައި ހަވާލުކުރުން |
8 |
|
ހަރުކަށި ފިކުރުގެ ދިވެހިންނަށް ޚަރަދުކުރާ ސިޔާސީ މީހަކު/މީހުން އަދި
ހަރުކަށި ފިކުރުގެ ޝޭހެއް/ޝޭހުން |
މަރާލަދޭންވީ މީހާ (އަމާޒު) ފާހަގަ ކޮށްދިނުން |
7 |
|
ހަރުކަށި ފިކުރުގެ ޝޭޚެއް/ޝޭޚުން |
ރނ ގެ ލޭ ހުއްދަވެއްޖެ ކަމުގެ ހީލަތްތެރި ދޭހަކުރުން |
6 |
|
ހަރުކަށި ފިކުރުގެ ދިވެހިންގެ މަދު ބަޔަކު |
ރނ އާއި މެދު ނަފްރަތު ބޮއްސުންލުން |
5 |
2011
ޑިސެމްބަރު 23 އިން ފޯރި ގަދަކުރަން ފެށި |
ހަރުކަށި ފިކުރުގެ ޝޭޚުންނަށާއި ދިވެހިންނަށް ޚަރަދުކުރާ ސިޔާސީ މީހަކު |
ރނ އާއިމެދު ނަފްރަތު އުފެއްދުން |
4 |
2008 |
ސިޔާސީ ވާދަވެރިން |
ރނ އާއި މެދު ހިތުގައި ނުނިޔަތް ލުން |
3 |
2008 |
ސިޔާސީ ވާދަވެރިން |
ރނ ވޯޓުން ދެރަކޮށް ނުލެވުން |
2 |
2004 ގެ ފަހުކޮޅު |
އަޒްހަރީ މުއްލާއަކު / ދާރުލް އުލޫމް |
ސިޔާސީ ޕާޓީ އުފެއްދުން ދެން ނުހުއްޓުވޭނެ ކަން އެނގި އޭރުގެ ވެރިންގެ ސިޔާސީ
ވާދަވެރީން "ލާދީނީ" ކަމުގެ ހީލަތްތެރި މަރުކާ ކޮށް، ތަކްފީރު ކުރަން
ފެށުން |
1 |
މަތީގައި އެވާ
މައިގަނޑުތަކުގެ މުރާޖާ ނުވަތަ (ރިވިއު)
ޝައިޚް އަފްރާޝީމް ޢަލީ،
އަހްމަދު ރިލްވާނު، ޔާމީން ރަޝީދު ގެ މައްސަލަ ތައްފަދަ، ކުރުވި މީހަކު ނޭނގޭ
މަރާލުން ތަކާއި ބޮން ގޮއްވުމުގައިވެސް، މަތީގައި އެވާ މައިގަނޑުތަކަށް ނަޒަރު
ހިންގަވާލެއްވުމުން އާންމުވެގެންދާ ދެތިން ކަމެއް ފާހަގަ ވެއެވެ. އެއީ މި ބާވަތުގެ
ކަމެއް ރާވާ ހިންގުމުގައި އެތަކެއް މަރުހަލާ ހުންނަކަމެވެ. ނިންމާލުމުގައި
ޝާމިލްވާ މީހަކު/ބަޔަކު ތިބެ، މެދުތެރެއިން ސާމާނު ހަމަކޮށްދޭ، އަދި ފަހަތުގައި ކަމަށް
ބޭނުންވާ ފައިސާ ހޭދަކޮށް ރާވާ ހަދާ މީހަކު/ބަޔަކު ތިބޭނެކަމެވެ. އޮކެސްޓްރާ
އެއްގައި ނަމަ އެކި އަޑު ނެރޭން އެކި އާލާތް ބޭނުން ކުރަން ތަފާތު ފަންނާނުން ތިބޭ
އިރު އެކި ދަނޑިވަޅަށް އެކި ފޯރި ގެންނަން އަންގާ "'ކޮންޑަކްޓަރަކު" ހުންނާނެ
ކަމެވެ. އެމީހަކީ ނުވަތަ ބަޔަކީ މި މައިގަނޑުތަކުން ދޭހަވެގެންދާ ފަރާތްތަކުގަ
ހިމެނޭނެ ސިޔާސީ ވެރިއެއް ކަމެވެ.
މިއީ ރޮކެޓް ސައިންސެއް
ނޫންތާ ތިން މައިގަނޑު ވިޔައެއްހާ ވެސް އުނދަގޫ މޭރުންކުރުމެއް ނޫނެވެ. ނިންމާލަން
އަބަދުވެސް ބޭނުންކުރަނީ ހަރުކަށި ފިކުރުގެ މީހަކު ނުވަތަ ބަޔެކެވެ. އެކަމުގެ
ހީލަތްތެރި ބޭނުމަކީ އުޞޫލީ ތަގްވާވެރިންގެ ތެރެއިން ލެއިހޫނު މީހަކު/މީހުން
ދީނުގެ ނަމުގަ އެރުވާލައިގެން ވަޅި ޖަހަން ނުވަތަ ބޮމުގެ ރިމޯޓަށް އޮބާލަން
ތިބުމަކީ މުޅި ޖަރީމާ އެއީ އެ ފިކުރުގެ މީހުންގެ ކަމެއް ކަމުގައި ދެއްކުމެވެ.
ހަގީގަތަކީ އެއްގޮތަކަށްވެސް އެއެއްނޫނެވެ.
ހީލަތްތެރި
ބައެއް ޝޭޚުންގެ ދައުރު
ފާހަގަވާ އަނެއް
މައިގަނޑަކީ މިފަދަ އަނިޔާވެރި ޖަރީމާތަކުގެ ފެށޭ މަރުހަލާއާއި، މެދުތެރެއިން އަދި
ނިމެންދެންވެސް، ހަރުކަށި ފިކުރުގެ ޝޭޚުންނަށް ޚަރަދުކުރާ ސިޔާސީ މީހަކު/ބަޔަކު
ހިމެނޭ ކަމެވެ. މީގެ ބައެއް ޚަރަދުތައް ކުރާގޮތްތައް ބޭންކް އެކައުންޓުތަކުން
ފާހަގަކުރެވިދާނެއެވެ. ސިޔާސީ ލީޑަރުގެ އެކައުންޓުން ކޮންކޮން ޝޭޚުންނަކަށް ދީލަތި
އެހީ ޖަމާކުރެއްވިތޯ ބެއްލެވިދާނެއެވެ. ބައެއް ޚަރަދޭ މިދެންނެވީ ގަޞްދުގައެވެ.
ސަބަބަކީ އެގޮތަށް ހީލަތްތެރިގޮތުގަދެއްވާ ނަގުދު ފައިސާ އޮޅުވާލައްވާ އަދި އެކަން
ބޭންކް ތަކުގެ ހިސާބުކިތާބަށް ނާރާގޮތް ހައްދަވާން ދެތިން އުކުޅު މަހުޖަނުން ގެންގުޅުއްވައެވެ.
އޭގެން ފާހަގަވާ އެއް އުކުޅަކީ ޖުވެލަރީ ޝޮޕް ނުވަތަ ގަހަނާ ފިހާރަތައް
މެދުވެރިކުރައްވައިގެން ނަގުދު ފައިސާ ނެންގެވުމެވެ. ޑިސެމްބަރު 23 ގެ
އެކުލަވާލުން ބިނާވެފަ އޮތީ ރިސޯޓްތަކުގަ އަދި މާލޭގައި ހުރި ބައެއް ޖުވެލަރީ ޝޮޕް
ތަކުން ހޯއްދަވައި ބެއްސެވި ނަގުދު ފައިސާގެ މައްޗަށެވެ. ރިސޯޓުން ހަމަ ކުރައްވަނީ
ޑޮލަރެވެ. ދިވެހި ފައިސާއަށް މާރު ކޮށްލަދެނީ ޖުވެލަރީ ފިހާރަތަކުންނެވެ.
މިގޮތަށް މަހުޖަނުން
ދެއްވާ ދީލަތި އެހީގައި ހަނގުރާމަވެރި ކޭމްޕް(ޕިކްނިކް) ދަތުރުތައް ރާއްޖޭގެ
ފަޅުރަށްރަށުގައި ހިންގެވުމާ މާރާމާރީ ގެ އެކި އުކުޅުތަކާ ވަޅި ޖެހުމުގެ ކަންކަން ދަސްކޮށްދީ
މީސްމީހުންގެ ލެއި ހުއްދަކޮށް ދަރުސް ދެއްވާ ޝެއިޚް އެކަން ކުރައްވަނީ މަހުޖަނު
ދެއްވި ދީލަތި އެހީގައެވެ.
މަހުޖަނަކު ރާއްޖެއަށް އެންމެ ގިނައިން ބަނގުރަލާ އޫރުމަސް އެތެރެ ކުރައްވާ އޭގެ ވިޔަފާރި ކުރައްވަނީ ސަރުކާރުގެވެސް ހުއްދައާއި އެކުގައެވެ. ހަމަ އެ ސަރުކާރަށް ބާރުވެރިކަން ދައްކަވައި، އަދާލާތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އަދި މަހުޖަނުގެ ވާގިވެރިކަން ލިބިލައްވާ ޝޭޚުން ތައް ނުކުންނަވައި، ދިވެހީންގެ އެކި ފަރުދުންނާމެދު ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރައްވައި، މަރާލަދޭންވީ މީހާ / މީހުންގެ ގައިގަ ޓާގެޓް ކުރެއްސެވުމުގެ މަސައްކަތް ކުރައްވާން އެކުރައްވާ މަސައްކަތް ރައީސުލްޖުމްހޫރިއްޔާއަށް މައިތިރި ނުކުރެއްވޭނަމަ، ދެން ޖެހޭނީ ކޮންމެ އެއް ގޮތެއްނިންމަވައިދެއްވުން އެދި ދޭތިން އެކައްޗަށް އެމްޑީޕީގެ އިސް މެމްބަރުން ނުކުންނަވައި އެމަނިކުފާނު އަރިހުގަ ދަންނަވާށެވެ
Comments
Post a Comment