ޚާރިޖީ މިނިވަންކަން ގުޅެނީ އެއިރަކު ހިލުވާލާ މުނާފިގު ޢަމަލުތައް ހާމައަށް ކުރީމަ، އެކަމަކާ ނުރުހޭނެ ފަރުދީ މިނިވަންކަމާވެސްމެ !

 !ޚާރިޖީ މިނިވަންކަން ގުޅެނީ އެއިރަކު ހިލުވާލާ މުނާފިގު ޢަމަލުތައް ހާމައަށް ކުރީމަ، އެކަމަކާ ނުރުހޭނެ ފަރުދީ މިނިވަންކަމާވެސްމެ 

241 ކޮމިޓީގެ މޮޅު ރިޕޯރޓް ގައި މުގައްރިރު އެޖެއްސެވީ ކޮޅުފައިން!

     ދިވެހި ރާއްޖޭގެ ޚާރިޖީ މިނިވަންކަން ދުނިޔޭގެ ގައުމުތަކަށް ބުނެ އެންގިތާ 56 އަހަރު ފާހަގަކުރާއިރު، އެ މާނަވީ އެންގުން ފުޅާވެގެން ދިއުމާ ގުޅިފައިހުންނަނީ އެކި މަތީމަގާމަށް ވަޑައިގެންނެވޭ ބައެއް ބޭފުޅުން މަގާމުގެ ނުފޫޒު [ދައްކަވާގޮތުގައި ނެތި، ނަމަވެސް] ނަޖާއިޒުގޮތުގައި އެތައް ބަޔެއްގެ މައްޗަށް ހިންގެވުމުގެ ނިޔަތުގައި ކުރައްވާ މުނާފިގު ޢަމަލުތައް ދެނެގަނެ، އެފަދަކަންކަމާ ނުރުހުން ފާޅުކުރާހާ ހޭލުންތެރިކަން މިއަދު ގިނަ ދިވެހިންނަށް ލިބިފައިވުމާއެވެ. މިޒަމާނުގައި މިނިވަން ވާން ޖެހެނީ އިސްތަށިފުޅު ދުޅަކަން ދިމާއަށް ހާމަވިޔަސް ވަރިހަމަ ކުރައްވައިގެން ހިންގަވާލައްވާ އެފަދަ ހީލަތްތެރި ޢަމަލުތަކުގެ ނުފޫޒުންނެވެ.  

     ދިވެހި ވެރިކަމުގެ މަތީފަންތީގެ ބޭފުޅަކު އެފަދަ މުނާފިގު ޢަމަލެއް ހިންގެވި އެންމެ ފަހުގެ މިސާލުން މިދެންނެވި މައިގަނޑު ސާބިތުވެއެވެ. މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދު އަވަހާރަކޮށްލެވޭތޯ ދިން ބޮމުގެ ޙަމަލާއާ ގުޅިގެން ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމެޓީ އިން ވަރަށް ފަރުވާތެރި ސުވާލުކުރެއްވުންތަކަކުން އެކުލަވާލެއްވި މޮޅު ރިޕޯރޓް ނެރުއްވުމާއެކު، އެކޮމީިޓީގެ މުގައްރިރު އޭގައި ކޮޅުފައިން އެޖެއްސެވީ ފާޅުގައެވެ. ކަނޑައެޅިގެން މުނާފިގު އެ ޢަމަލު އެ ހިންގަވާލެއްވީ ބޮޑުވަރިހަމައިގަ ހުންނަވައި، އެހެނެއްނޫނޭ،  ވިދާޅުވެ މާމޮޅު ބަހުސްކުރެއްވިދާނެ ކަމަށްވެސް ބައެއްކަހަލަ މާލުވެރިންނަށް ދައްކަވައިގެނެވެ.

      ހިތަދޫ އުތުރު ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހަންމަަދު އަސްލަމް ގެ ހިންގެވުމާ ރިޔާސަތުގެ ދަށުން މަޖިލީހުން އެކުލަވާލި ސުވާލުކުރެއްވުމުގެ ރިޕޯޓު ކިޔާ ނުވަތަ އިވޭ މީހަކު ސިހުންވެ ފިތްކަނޑައިގެން ދާވަރުގެ ކިތަންމެކަމެއް މިދައުލަތުގެ ތެރޭގައި ހިނގަމުންދާކަން ހާމަވެގެން ދިޔައެވެ. އެންމެ ފާޅުކަން ބޮޑުކޮށް އިވުނު ދެ ޖުމްލައިގަ ހިމެނޭ ލަފްޒުތަކަކީ އިހުމާލު އަދި ހަރުކަށި ފިކުރެވެ. އެފަދަ ނޭދެވޭ ކަންކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން ކުރައްވަން ފެނިވަޑައިގަންނަވާ ކަންކަމާ އަޅުއްވަންވީ ފިޔަވަޅުތައް ވެސް އެ ރިޕޯރޓްގައި އޮވެއެވެ.

     ސަރުކާރާއި މުއައްސަސާތަކުގެ އެއްބާރުލުން ލިބިވަޑައިގަންނަވާކަމުގައި ތަކުރާރުކުރައްވަމުން އެހާމެ މޮޅަށް އެރިޕޯރޓް ތައްޔާރުކުރެއްވުމުގައި އޮނަރަބްލް އަސްލަމް އެކިވިދާޅުވުންތައް ހާމަކުރައްވަމުން ގެންދަވާފައިއެވަނީ، [މިހާރު ބެލެވޭ ގޮތުގައި] ރިޕޯރޓް ނެރުއްވުމާއެކު މި ހީލަތްތެރި އިތުރުފުޅު ހެއްދެވުމަށެވެ. ހެއްދެވި އިތުރުފުޅުގެ ބޮޑުމިން ގުނަވެގެން ދާނީ ހިތްޕުޅުން ފުނޑާލައްވާ އެތީގެ އަގުމަތިކޮށްލައްވައިގެން ކަމަށް އެއޮތީ "ބައްލަވާ"ފައެވެ.     

     ހަމަލާ ހިންގިތާ އެތައްފޮައި ދުވަސް ވެގެން ދާއިރު، ސަރުކާރުން އެކަމާމެދު އެޅުއްވި ވަކި ޚާއްޞަފިޔަވަޅެއް ނެތެވެ. ޖިނާއީ އިހުމާލާހެދި ފިޔަވަޅު އެޅުއްވި ސަރުކާރު މުއައްޒަފަކު ނެތެވެ. އަލްގައިދާ އާއި އައިސިސް އަށް އާންމުކޮށް ކަނޑައެޅިގެން ތާއީދު ހާމަކުރައްވައި، ދީނުގަ ނުވެސް ނެތްހާ ނަގުލީ [އަޞްލެއްނެތް] ކަންކަމުގެ މުނާފިގު ފަތުވާ ދެއްވާތީ ވަކިކުރެއްވި ސަރުކާރު މުއައްޒަފަކުވެސް ނެތެވެ. މިހާ ދުވަސްވެގެން ދާއިރުވެސް ރައީސް ނަޝީދަށް އިންސާފުލިބިވަޑައިގަތުމުގެ ކޮޅުމަތިވެސް ނުފެންނަ ކަމުގެ އަޑުގަދަ ޝަކުވާ އާއި ގުޅުވައި، [އެމަނިކުފާނު ނެރުއްވި މޮޅުރިޕޯޓާއި މެދު ރ.ޖ އެއްޗެއް ވިދާޅުނުވިތާ އެއްކަމެއްވެސް ކުރެއްވިފައި ނެތަސް ބޮޑުވަރިހަމަ ކުރައްވައި] މުޤައްރިރު ވިދާޅުވީ، އެމްޑީޕީގެ އެންމެ ބޮޑު އަމާޒަކަށް ވާންވާނީ، "ސަރުކާރު ދެމެހެއްޓުން" ކަމަށެވެ.. ސަރުކާރު ދަމަހައްޓަވަން ބޭނުން ބޭފުޅަކު، އެމަނިކުފާނު ނެރުއްވި ރިޕޯރޓްގައި އިރުޝާދު ހިމެެނޭކަންކަމުގައި ފިޔަވަޅު އެޅުއްވުމެއްނެތި ސަރުކާރު ދެމެހެއްޓެވިދާނެކަމަށް ގިނަބަޔަކަށް ނުފެންނާނެތީ، އެފަދަ ފިޔަވަޅުތައް އަދިވެސް ދުރުކުރައްވައި، ފަސް ކުރައްވައި، އެކަންކަން ނަފީވާވަރުގެ ކަމެއްގެ ގޮތުގައި، އެމްޑީޕީ ގެ އެންމެ މަގްބޫލު ސިޔާސީ ލީޑަރު، ޕާރޓީގެ ރައީސް އަދި ތިމާ ހިމެނިވަޑައިގަންނަވާ މަޖިލިހުގެރައީސް ގެ އިތުރުން ބޮމުގެ ހަމަލާގައި އެންމެ ވޭނީ ޒަޚަމްތައް ލިބިވަޑައިގެން ބޭފުޅާއަށް އިލްޒާްމް އަމާޒުކުރައްވައި، ރައީސް ނަޝީދުގެ އެތައްހާސް ސަޕޯރޓަރުން "ސަރުކާރު ބަލިކަށި ކުރަނީ" އޭ ވިދާޅުވެ ދެބޯގެރި ނެރުއްވީއެވެ. [އަސްލަމަށް ވިޔަސް ކެސްލަމަށް ވިޔަސް، ސަރުކާރުން މިހާރު އެންމެ ބޮޑު މަގުސަދަކަށް އިސްކުރައްވާން ޖެހޭނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހަމަކޮންމެ މީހަކަށްމެ، ދިރިހުރުމުގެ ހައްގު ކަށަވަރުކޮށްދިނުން ކަން، އެއީ ދެނަހުރިކަމެއްކަމުގައިވެސް މި ބޭޗާރާ ނުހެއްޖެވެ].

     ނެރުއްވި ރިޕޯރޓާއި މެދު ސަރުކާރުން އަމަލު ނުކުރެއްވުމަކީ ވަރިހަމަ ކަމެއްގެ ގޮތުގައި ދައްކަވައި މުގައްރިރުކަން ކުރެއްވި ކޮމިޓީގެ ރިޕޯރޓް ގައި ކޮޅުފައިން ޖެއްސެވުމުގެ މުނާފިގު ޢަމަލު ދެނެގަނެ، އެކަމާ ނުރުހުންވެ، އެ ނުރުހުމުގެ ނަތީޖާ ދެއްކޭފަދަ ހޭލުންތެރި ފަރުދުންނާއި މުވާތިނުން އެމްޑީޕީގައި އަދި ދިވެހިރާއްޖޭގައިވެސް ތިބިޔަތީ، ހަމަހިލާ މިޒަމާނަކު ތިޔަފަދަ ދަހިވެތި ދަހިކަވާ ހީލަތެއް ހައްދަވާފަ އެކަމުގެ ނަތީޖާ އަރާ ހަމަނުކުރާނެ ގޮތެއް ނޯންނާނެއެވެ. މަޖިލީހުގެ އިތުރު ދައުރެއް ހޯއްދެވޭހާ ޗަސްބެއް ނެތި މި ދައުރުގެ އިސް ހިންނަވަރީންގެ ކިބައިން ޕަކަޅާކޮށްލައްވާ ނާޖާއިޒު މަންފާތައް ވަންހަނާކުރެއްވިދާނެކަމަށް ހީކުރެއްވުމަކީ ގޯހެކެވެ.

     އިދިކޮޅުޕާޓީ ގެ [މެމްބަރުންނާއި ރައީސް ޔާމީނުގެ] މަދަދަށް އެދިވަޑައިގަންނަވާނަމޭ ރައީސް ނަޝީދު ވިދާޅުވީ އެއީ ވިޔަފާރީގެ މުއާމަލާތެއް ނުވަތަ ޑީލެއް ހައްދަވާ ވާހަކަފުޅެއް ނޫންކަމާ، ނުވަތަ ސަރުކާރު ބަލިކަށިކޮށްލައްވާ މޭރުމެއް ނޫންކަން، ގިނަ ދިވެހިން ފިޔަވައި ބޭރުގެ އެކި ނޫސްވެރިންނަށްވެސް އޮޅުމެއް ނުވެއެވެ. އެ މާނަ އެގޮތަށް އަނބުރާ އެލައްވަނީ އޮނަރަބްލް އަސްލަމެވެ. ރައީސް ނަޝީދު ވިދާޅުވީ، އިސްލާމްދީނުގެ މައި އޮއިވަރުގައި ހިމެނޭ ސުލްހަވެރި ތަހައްމަލުކުރުމުގެ އެންގެވުންތައް ގަބޫލުކުރައްވާ މެމްބަރުންނާއި ވެރީން އިދިކޮޅު [ޕީޕީއެމް] ގައި އަދި ވާދަވެރި އެހެން ޕާޓީ ތަކުގައިވެސް  ތިއްބަވާނެތީ، އިސްލާމްދީނުގައި ނެތް ނަގްލީ (އަޞްލެއް ނެތް) ހަރުކަށި ކަމާ ދެކޮޅަށް އެބޭފުޅުންގެ މަދަދަށްވެސް އެދިވަޑައިގަންނަވާ ކަމަށް ކަމުގައި، ބޭރުގެ ނޫސްތަކުގައި ބުނެފައި ހުންނާނީ ފަންނީ މަތީ ފެންވަރުގައި އެކަންކަން ކަށަވަރުކޮށްފައެވެ. ހަރުކަށި ކަމަކީ އިސްލާމްދީނުގައި އޮންނަކަމެއް ނޫންކަމުގައި އޮނަރަބްލް ގައްސާނު މައުމޫނު މިފަހުން ވިދާޅުވި ކަމުންވެސް، އެމްޑީޕީ އާއި އިދިކޮޅަސް، އެބޭފުޅުން ހަރުކަށިކަމާ އެއްކޮޅެއް ނޫންކަން އެނގެއެވެ.

     ފަހުގެ މިސާލުގެ ގޮތުގައި އޮނަރަބްލް އަސްލަމްގެ މުނާފިގު އަމަލު މިދަންނަވާލީ، އެމްޑީޕީގެ ގިނަ މެމްބަރުން އެކަންކަން ދެނެގަނެ ނުރުހުން ފާޅުކުރާ ކަންކަމުގައި ހުންނަ ނޭދެވޭ ސިފަތައް ދުވަހާހަމަކޮށްލުމުގެ ގޮތުންނެވެ. އެމަނިކުފާނު ނޫނަސް އަމިއްލަ އެދުންފުޅާއި "ކޮކެޓޫ" އުދުއްސެވުމަށް ފިރިކަލުންނަށް ބިންތައް ހޯއްދަވައިދެއްވަން ހީލަތް އިސްކުރައްވާ ބޭފުޅުންނާ، ކާޅަށް ކޮށާ ކާންދީފަނެއޭ ކިޔުއްވައިގެން ޕާޓީ މެމްބަރުންނަށް އިލްޒާމްތައް ކުރައްވާ މެމްބަރުންނާއި، އައިސިސް އަށާ އަލްގައިދާއަށް ފާޅުގަ ތާއީދު ހާމަކުރައްވައިގެން ތިއްބެވި މުއްލާއިންނާ، ނަގްލީ ހަރުކަށިކަން ދަމަހައްޓަވައި، މީސްމީހުންގެ ލޭ ހުއްދަކުރައްވައި، ތަހައްމަލު ނުކުރެއްވުމާ ޖަނގިޔާ ދަރިންގެ ވާހަކަ ވިދާޅުވެ އަންހެނުން ނަކަތްގެ ލައްވަން ކުރަފަތް ހަނުލައްވާ ބޭފުޅުން ނާމެދު ފިޔަވަޅު ނާޅުއްވައި ރ.ޖ ހުންނެވީ ކެތްތެރިކަމާއި ހިކްމަތްތެރިކަން އިސްކުރައްވައިގެނޯލައެވެ. އެގޮތުގައި އެމަނިކުފާނު ހުންނަވަނީ ފިއްތުމެއް ނެތިކަމާމެދު ޝައްކެވެ. ރައީސް ނަޝީދު އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަނަށް ވަޑައިގެންނެވީއްސުރެ "ބެސްޓް ފްރެންޑް" ގުޅުއްވާލައްވާފަވެސް ނެތީ ކަމެއްވެގެންކަންވެސް ސާފެވެ. ހަމަ އެއާއި އެކު އެހާ ސާފުވާ އަނެއް ކަމަކީ، އެމަނިކުފާނަށް އަނިޔާވެރި އެތައް ވޭނީ ޒަޚަމަކަށް ޞިއްޙި ފަރުވާ ހޯއްދެވުމުގައި ސިޔާސީ ރައްދުތައް ދެއްވަން ދަތިފުޅު ވަގުތެއްގައި، ދަނޑިވަޅު ބަލައި އެކި އިލްޒާމްކޮށް އެމަނިކުފާނާއި މެދު ނަފްރަތު އުފެއްދުމުގެ މަސައްކަތުގައި އެއުޅުއްވާ، މެމްބަރުންނާ ސަރުކާރު މުއައްޒަފުންނަށް އެ ހާމަކުރެއްވެނީ، ރައީސް ނަޝީދު އަދި އެތައް ބަޔަކުގެ ފުރާނަގޮސް ވޭނީ ޒަޚަމްތައްވެދާ ފަދަ ހަމަލާ ރާވާ ހިންގުމަކީ "އޯކޭ" ކަމެއް ކަމަށާ، އެކަމުގައި ފާހަގަވި އިހުމާލާއި ނަގުލީ އަނިޔާވެރި ޙަމަލާގައި ރ.ނ އަވަހާރަވެދިޔަނަމަވެސް "އޯކޭ" ވީސް ކަމަށާ، "މާބޮޑުކަމެއް ވެގެން ނޫޅޭ" ކަމަށާ، ޝިކާރަ އެއީ މުޖްރިމުކަމުގައި ދެއްކެވުމުގެ ނަގްލީ އަދި ވަހުޝީ ޖަޒުބާތުގައި، މަގާމާއި ނާޖާއިޒް ފައިސާގެ ދަހިވެތިކަންކަމެވެ. މިކަންކަމަކީވެސް މެމްބަރުން ދެނެގަނެ އެކަމާ މެމްބަރުން ނަފްރަތުކޮށް ނަތީޖާ ހަމަކުރުވުން ވެގެންދަނީ އެ މެމްބަރުންގެ ފަރުދީ މިނިވަންކަން ވަރުގަދަވެ، ނަޖާއިޒު ނުފޫޒުތަކުން މިނިވަން ވުންކަމާއި، ޚާރިޖީ ގުޅުންތައްވެސް ވަރުގަދަވަނީ އެ ހޭލުންތެރިކަމާއެކުގަކަން ދަންނަ މެމްބަރުން މިއަދު ވަރަށް ގިނައެވެ.

     2003 ގެ ނޮވެމްބަރ މަހު ސްރީލަންކާގައި އެމްޑީޕީ އުފެއްދުނުތާ މާކަ ގިނަދުވަހެއް ނުވެ، އައްޑޫ [އަތޮޅު] ގެ އެވަގުތުގެ އުޖާލާ ސިޔާސީތަރި އަކީ މުހަންމަދު އަސްލަމްކަމުގައި ހިތަދޫގެ އާންމު އުސްއަށްޓެއްގައި [2004 ވަނަ އަހަރު] ބޭއްވުނު މިއުޒިކީ ޢީދެއްގެ އަޑުގަދަކުރާއިން އަޅުގަނޑު ގޮވީމެވެ. އެ އުޖާލާ ތަރި އޮއްސިގެން ދިއުން އެކަށީގެންވަނީ ، ރައީސް ނަޝީދު އަވަހާރަކޮށްލަން އެތައް ވޭނީ ޒަޚަމެއް މެދުވެރި ކުރުވި، މުޅި އުމުރަށް ލިބިވަޑައިގެން އަނިޔާ އާއި ވަރިހަމަވެގެން ހުންނެވި ފިނޑި، އަގެއްނެތް އަނިޔާވެރި އަގަލުކުޑަ ބޮޑު މުނާފިގެއްގެ ގޮތުގައި ކަމެއް ފަހަރެއްގައިވެސް ހިތަކަށް ނާރައެވެ. //


Comments

Popular posts from this blog

ދިވެހިރާއްޖޭގެ ސިޔާސީ ތަރުތީބު ހަރުދަނާ ބިންގަލެއްގެ މައްޗަށް ނަގައި ހިމުންކޮށްދޭ ކަށަވަރަކީ އެމްޑީޕީގެ ގައުމީ މަޖިލިސް ..... ގާނޫނު އަސާސީ އަށް އިޞްލާޙް ގެންނާންހުރި ކަންކަމަށް ވިސްނާލުމަށް މިވަގުތު މިއީ އެމްޑީޕީ އަށް އޮތް ވަރަށް ފަހި ފުރުޞަތެއް

ލާދީނީ އޭ ގޮވުމަކީ އަޒުހަރީން ހިފި ހީލަތްތެރި ބަދަލެއް، އަދިވެސް އެކަންކުރުވަނީ އެބާހުން

ދިވެހި ވެރިކަމުގެ އާދަތަކުގައި (ނަމުންކިޔާފަ ނެތަސް) އެތަކެއް ގަރުނެއް ކުރީއްސުރެ އަށަގެންފަ ހުރީ ބަރުލަމާނީ ސިފަތައް