ދިވެހިރާއްޖޭގެ ސިޔާސީ ތަރުތީބު ހަރުދަނާ ބިންގަލެއްގެ މައްޗަށް ނަގައި ހިމުންކޮށްދޭ ކަށަވަރަކީ އެމްޑީޕީގެ ގައުމީ މަޖިލިސް ..... ގާނޫނު އަސާސީ އަށް އިޞްލާޙް ގެންނާންހުރި ކަންކަމަށް ވިސްނާލުމަށް މިވަގުތު މިއީ އެމްޑީޕީ އަށް އޮތް ވަރަށް ފަހި ފުރުޞަތެއް

ދިވެހިރާއްޖޭގެ ސިޔާސީ ތަރުތީބު ހަރުދަނާ ބިންގަލެއްގެ މައްޗަށް ނަގައި ހިމުންކޮށްދޭ ކަށަވަރަކީ އެމްޑީޕީގެ ގައުމީ މަޖިލިސް.

ގާނޫނު އަސާސީ އަށް އިޞްލާޙް ގެންނާންހުރި ކަންކަމަށް ވިސްނާލުމަށް މިވަގުތު މިއީ އެމްޑީޕީ އަށް އޮތް ވަރަށް ފަހި ފުރުޞަތެއް 

     ދިވެހި ވެރިކަމުގެ ނިޒާމް އަދި ދައުލަތް ހިނގަމުންދާ ތަރުތީބަށް ބަދަލު ގެންނަންޖެހޭ ކިތަންމެ ސަބަބެއް އެބަހުރި. 2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ގާނޫނު އަސާސީ ދިވެހި ވެރިކަން ހިންގުމަށްކުރި އުއްމީދު ހާސިލެއްނުވި. ދިވެހިން 2008 ވަނަ އަހަރުގެ ގާނޫނު އަސާސީގައި ކަނޑައެޅިކަމަށް ދެކެގެން މިތިބެނީ ރިޔާސީ ނިޒާމެއްގެ ގާނޫނު އަސާސީއެއް ކަމަށް. ބާރުތައް ވަތްކެއް ނުކުރެވުނު.

     ބާރުތައް ވަކިވެ ދެފުށްފެންނަ ސަރުކާރާ ދައުލަތުގެ ސިޔާސީ ނިންމުންތައް ނިންމަމުން ގެންދާ ގެންދިއުމާ، ރައްޔިތުން މަޖްލިސްގަ ބަހުސްތައްކުރެވޭ ކުރެވުމާ، ރައްޔިތުންނަށް ވަމުންދާގޮތް އެނގި ސާފުވެ، ސީދާ ގޮތުގައި އިންސާފުވެރިކަމާއެކީގައި ރައްޔިތުންގެ ގާތުން ވެރިކަން ހިންގުމުގެ އުއްމީދު ދިވެހިން އބަދުވެސް ކުރޭ.

     މިހާރުގެ ވެރިކަމުގެ ނިޒާމު ނުވަތަ ރިޔާސީ ނިޒާމް މިވަނީ ކިތައްމެގޮތަކުން ފެއިލްވެފަ. ފަނޑިޔާރުގެތައް ރޫޅިއްޖެ، ރައްޔިތުންގެ މަޖްލިސްއަށް ސިފައިން ވަދެއްޖެ، ސަލާމާތީ ބާރުތަކުން ނިކުމެ ވެރިކަން ބަދަލުކޮށްފި. 2008 ވަނަ އަހަރުގެ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށީއްސުރެ ބޭއްވުނު ހުރިހާ އިންތިހާބެއްގައިވެސް އެއް ސިޔާސީ ޕާޓީއަކަށް ރައްޔިތުންގެ މުޅި އަގްލަބިއްޔަތު ދީފައެއްނުވެއެވެ. ހުރިހާ ރިޔާސީ އިންތިޚާބުތަކުގައި ސަރުކާރު އެކުލަވާލެވިގެން ދިޔައީ އިއްދިހާދަކުން، ނަވަމެސް ވެރިކަމަށް އަރާވަގުތުން ފެށިގެން އިއްތިހާދު ރޫޅޭ. ސާފުވާ ކަމަކީ ރިޔާސީ ނިޒާމާއި އިއްތިހާދު ބީރައްޓެހިކަން.

     ދިވެހިރާއްޖޭގެ ރައްޔިތުން ވޯޓް ދެމުންދާގޮތުން ވޯޓްގެ ތަބީއަތު އޮތީ ބަރުލަމާނީ ނިޒާމަކަށްކަން ސާފުވޭ. އެއް ޕާޓީއަކަށް އަގްލަބިއްޔަތެއް ނުދޭ. އެހެންބަޔަކާ އެކުވެގެން ސަރުކާރު ހިންގަން ރައްޔިތުން އެދޭ، ވާދަވެރި ޕާޓިތަކުން ކެނޑިނޭޅި މަސައްކަތްކުރަމުން ދެވޭގޮތްވަނީ ވެރިކަން ވައްޓާލުމަށް، ވޯޓަކުން ބަދަލުކުރުމަކަށްވެސް ނޫން. އެހެން ދިމާވަނީ ވެރިކަން ޚަރާބުވެގެންދާހިނދު ސުލްހަވެރިކަމާއެކު ވެރިކަން ފުރޮޅާލުމުގެ އިންތިޒާމް ހަމަޖެހިފައި ނޯންނާތީ. ބަރުލަމާނީ ނިޒާމްގައި އިއްތިހާދު ރޫޅިއްޖެނަމަ ވެރިކަން ބަދަލުވާންޖެހޭ. ރައްޔިތުންގެ މަޖްލިހުގެ އަގްލަބިއްޔަތު އޮންނަ އެހެން ސަރުކާރެއް އޮމާން ކަމާ މަޑުމަތިރިކަމާއެކު އުފެދިގެން އަންނާނެ.

     ވެރިކަން ހިންގާ ޕާޓީގެ ސިޔާސަތުޓަކާ އަދި ވާދަވެރި ޕާޓީތަކުގެ ސިޔާސަތުތައް އަބަދުވެސް އޮންނާނީ ކުރީ ބައިގައި ރައްޔިތުން ކުރިމަތިގައި ހާމަޔަށް. އިންތިޚާބީ ވަގުތަކަށް އެކަނި އެކުލަވާލެވިފައެއް ނޫން.

     އެބަޔަކަށް ޚާއްޞަވާ މަންފާތައް ސަރަހައްދީގޮތުން ހިންގާ ބަލަހައްޓާ އަދި ރައޔިތުންގެ މަންދޫބުން ދުވަހުންދުވަހަށް ހިންގާ ނިޒާމެއްގައި (ނުވަތަ ފެޑެރަލް ބަރުލަމާނީ ނިޒާމެއްގައި) ހިންގުމުގެ ޚަރަދުތައް އެތައްތަނަކުން ކުޑަވެފަ، ސިޔާސީ މަގާމްތައް އުފެދިގެން އަންނާނީ ރައްޔިތުންގެ މަޖިލިސްއާއި ކައުންސިލްތަކުން، ޔައުނީ އިންތީޚާބީ މަގާމްތަކުގެ ތެރެއިންނެވެ.

 

 

 

Comments

Popular posts from this blog

ލާދީނީ އޭ ގޮވުމަކީ އަޒުހަރީން ހިފި ހީލަތްތެރި ބަދަލެއް، އަދިވެސް އެކަންކުރުވަނީ އެބާހުން

ދިވެހި ވެރިކަމުގެ އާދަތަކުގައި (ނަމުންކިޔާފަ ނެތަސް) އެތަކެއް ގަރުނެއް ކުރީއްސުރެ އަށަގެންފަ ހުރީ ބަރުލަމާނީ ސިފަތައް