އެމްޑީޕީ ބާރަށް ބާރަށް ކުރިއަށް ދާއިރު ގައުމުގެ ހުރިހާ މީޑިއާ ހެންް ބަދަލު ހަގީގަތާ ފޮލާކެއްކެވުމުގައި
އެމްޑީޕީ ބާރަށް ބާރަށް ކުރިއަށް ދާއިރު ގައުމުގެ ހުރިހާ މީޑިއާ ހެންް ބަދަލު ހަގީގަތާ ފޮލާކެއްކެވުމުގައި ދިވެހިރާއްޖޭގެ އެންމެ ހިނގާ، ބަލާ ކިޔާ އަޑުއަހާ މައިގަނޑު ހުރިހާ މީޑިޔާ އަކުން ހެން އާންމު އެއް ސިފައެއްގެ ގޮތުގައި މިދުވަސްވަރު ފެންނަމުން ދަނީ ފޮލާ ކެއްކެވުމުގައި ހަބޭސް ވެގެން އުޅުއްވާތަނެވެ. އެކިބާވަތުގެ ބަދަލު ހަގީގަތްތައް ޚަބަރުގޮތުގައި ނެރުއްވައި ތަކުރާރު ކުރައްވައިގެން ، އެ މީޑިޔާ ތަކުގެ އެޑިޓޯރިއަލް ސިޔާސަތުގެ މާލުވެރިން އެބަޔަކުގެ އެޖެންޑާ ހިންގެވުމައި ގިިނަފަހަރަށް ރޯމަރު ދޮގު ފަތުރައްވަމުން ގެންދަވާ ތަނެވެ. އާންމު ސިފައޭ މިދެންނެވީ އެހެންވެސް އާންމުވާ ކަންތައްތަކެއް ހުރިޔަތީއެވެ. މިދެންނެވި ހުރިހާ މީޑިޔާއެއްގެ އެޑިޓޯރިއަލް ކޮންޓްރޯލް ކުރެއްވުމުގެ ހޭދަތައް ކުރައްވަނީ ރަން ތިރީސް އަހަރު ތެރެއިންނާ އޭގެފަހުގެ ބަގާވާތާ އާންމު ގުޅުންތައް ހުރި ފަރާތްތަކެވެ. ބަދަލު ހަގީގަތް ރިޕޯޓް ކުރެވޭ ބައެއް މިސާލު ދަންނަވާލާނަމެވެ. ދެބައިކުޅަ އެއްބައި ހުޅުވިފަ ހުރި ދޮރުފަތެއްގެ ބަދަލު ހަގީގަތަކީ އެ ދޮރުފަތްހުރީ ދެބައިކުޅަ އެއްބައި ލެއްޕިފަ ކަމަށް ރިޕޯޓް ކުރުމެވެ. ދެބައ